- Advertisement -ad image

އެމްޑީޕީ ކޯލިޝަން ސަރުކާރުން ގެންދަނީ ރާއްޖޭގެ މުސްތަގުބަލު މަރާލަމުން: ޝިޔާމް

ad image

ގުޅުންހުރި ލިޔުންތައް

އެމްޑީޕީ ކޯލިޝަން ސަރުކާރުން ގައުމުގެ މުސްތަގުބަލު މަރާލަމުންދާ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ.

ކޮރަޕްޝަނާ ދެކޮޅަށް ގާޒީ ސްކޫލުގެ ޓީޗަރުން ކުރި އިޖުތިޖާޖާއި ގުޅިގެން ޝިޔާމް ކުރެއްވި އެ ޓްވީޓުގައި އޭނާ ވިދާޅުވެފައިވަނީ ސްކޫލެއްގެ ޓީޗަރުން މިހާރު މިޖެހެނީ ވިސުލްބްލޯކޮށް ވަގުން ހިފަން ނިކުންނަން ކަމަށާއި ޤައުމެއްގެ ޒިންމާނަގަންތިބި ފަރާތްތައް ޚިޔާނާތުގެ މަސްތުގައި ޣާފިލުވެ ޣަރަޤުވީމާ ދެން ފެންނާނީ މުޅި ދަޢުލަތް ފެއިލްވެ ހަމަ އާ ލަމަ ނެތިދާތަންކަމަށެވެ.

”ރައީސް ޞާލިޙް މަރައިމިލަނީ މި ޤައުމުގެ މުސްތަޤުބަލް“ ޝިޔާމް ވިދާޅުވިއެވެ.

ޣާޒީ ސްކޫލުގެ ބައެއް ޓީޗަރުންނާއި މުވައްޒަފުން މިއަދު ކުރި އިހުތިޖާޖުގައި ފާހަގަކުރި މައިގަނޑު ވާހަކަތަކަކީ ޚިޔާނާތާއި ފުރައްސާރައާއި ބިރުދެއްކުމުގެ ވާހަކައެވެ. އެ ގޮތުން ޑެޕިއުޓީ ޕްރިންސިޕަލް އާމިނަތި ރިޔާޟާއާއި އެޑްމިނިސްޓްރޭޓަރު ޢާއިޝަތު ޝިޔާޒާ އިސްވެ ތިބެ އެ ސުކޫލުގައި ކުރި ދެ މުވައްޒަފަކު ބައިވެރިކޮށް ޚިޔާނާތް ހިންގާކަން ފާހަގަކުރިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ