- Advertisement -ad image

އެކޮމޮޑޭޝަން ބްލޮކެއްގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގާ 76 މީހަކަށް ފަރުވައިދެނީ

ad image

ގުޅުންހުރި ލިޔުންތައް

ގުޅިފަޅުގައި ހުންނަ ވިލިމާލެ ބްރިޖް މަސައްކަތްކުރާ މީހުންގެ އެކެމަޑޭޝަން ބްލޮކުގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ނިއްވާލައިފިއެވެ.

މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުނީ ދަންވަރު 00:31 ހާއިރުއެވެ. ހާދިސާގެ ރިޕޯޓް ލިބުމާއެކު އެފްއާރުއެސްގެ ފަޔަރމަނުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މިގޮތުން އެފްއާރުއެސްގެ ފަޔަރމަނުން ކުރި މަސައްކަތުން އެތަނުގައި ރޯވި އަލިފާން ނިއްވާލެވިފައި ވަނީ 01:52 ހާއިރުއެވެ. އަލިފާނުގެ ޙާދިސާގައި އެކެމަޑޭޝަން ބްލޮކްވަނީ އެއްކޮށް އަނދާހުލިވެފައެވެ.

މި ޙާދިސާގައި 13 މީހަކު އައިޖީއެމްއެޗް ހޮސްޕިޓަލަށް އަދި 63 މީހުން ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންދެވިފައިވެއެވެ. މި އަލިފާނުގެ ޙާދިސާގައި އެއްވެސް މީހެއްގެ ފުރާނަޔަށް ގެއްލުމެއްލިބިފައެއް ނުވެއެވެ. ނަމަވެސް މިހާދިސާގައި ސީރިއަސް އަނިޔާތަކެއް ހަ މީހަކަށް ލިބިފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.

މި އެކެމަޑޭޝަން ބްލޮކްގައި 465 މީހުން ދިރިއުޅޭކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ