- Advertisement -ad image

ގުޅީފަޅު އަލިފާނުގެހާދިސާ: އެއީ ބަޔަކު ގަސްތުގައި ކުރި ކަމެއް ކަމުގެ ތުހުމަތުކޮށްފި!

ad image

ގުޅުންހުރި ލިޔުންތައް


ގުޅޡިފަޅުގައި ހުންނަ އެފްކޮންސްގެ މުވައްޒަފުން ދިރިއުޅެމުންދިޔަ އެކޮމޮޑޭޝަން ބްލޮކްގައި ރޭ ހިނގި އަލީފާނުގެ ހާދިސާއަކީ ބަޔަކު ގަސްދުގައި ކުރިކަމެއްކަން ދޭހަވާގޮތަށް ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވާހަކަދައްކަވައިފިއެވެ.
އެގޮތުން ނިހާދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ތިލަމާލެ ބުރިޖް އަދި ރާއްޖޭގައި ހިންގަމުންދާ މެގަ ޕްރޮޖެކްޓްތައް ހުއްޓުވުމަށް ކުރެވެން ހުރި ކޮންމެ ކަމެއް ގިރި ފެކްޝަން އާއި ވަގު ފެކްޝަން ގުޅިގެންކޮށްފާނެ ކަމަށެވެ.
“ އެހެން އެކަން ކުރުމުން އެ ދެވެނީ އަމިއްލަ އެދުމަށް ގައުމާއި ރައްޔިތުންނަށް ގެއްލުން “ ނިހާދު ވިދާޅުވިއެވެ.

ގުޅިފަޅުގައި ހުންނަ ވިލިމާލެ ބްރިޖް މަސައްކަތްކުރާ މީހުން ދިރިއުޅޭ އެކެމަޑޭޝަން ބްލޮކުގައި ރޯވެ އެތަންވަނީ އަނދާ ހުލިވެފައެވެ.
މި ޙާދިސާގައި 13 މީހަކު އައިޖީއެމްއެޗް ހޮސްޕިޓަލަށް އަދި 63 މީހުން ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންދެވިފައިވެއެވެ. އަދި ހަ މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބި ދަނީ ފަރުވާދެމުންނެވެ.

މި އެކެމަޑޭޝަން ބްލުގައި 465 މީހުން ދިރިއުޅޭކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

2 ޚިޔާލު

  1. ގިރިފެކުސަނަކީ ނިހާދު ނިސްބަތްވާ މިދަރުކާރު ދިފާއުކުރަން ފާޅުގަ މަސައްކަތްކުރާ ފެކުސަން ވަގުފެކުސަނަކީ ގައުމުގެ ޙަޒާނާ ޙުސްކޮށްގެން މިސަރުކާރުތރޭގައި ފިލާތިބި މީހުންހެ ފެކުސަން

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ