- Advertisement -ad image

ރައީސް ޔާމީން އާއި ގުޅުވާ މަރުވާ ކޮމިޝަނުން ނެރުނު ރިޕޯޓްގެ ފަހަތުގައި އޮތީ އިންޑިއާ: އިދިކޮޅު

ad image

ގުޅުންހުރި ލިޔުންތައް

ނޫސްވެރިޔާ އަހުމަދު ރިޟުވާނު ގެއްލުނު މައްސަލައާ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީނާ ގުޅުވާލުމަށް، ގޮތް ނޭނގޭ މަރުތަކާއި ވީނުވީއެއް ނޭންގި ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރަން އުފެއްދި ރިޔާސީ ކޮމިޝަނުން ނެރުނު ރިޕޯޓަކީ އިންޑިއާ އަޑީގައި އޮވެގެން ނެރެފައިވާ ރިޕޯޓެއް ކަމަށް ޕީޕީއެމުން ބުނެފިއެވެ.

ޕީޕިއެމްއިން މިކަން ހާމަކޮށްފައިވަނީ އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ގޮތް ނޭނގޭ މަރުތައް ތަހުގީކުރަން ކަމަށް ބުނެ ރައީސް ސޯލިހް އުފެއްދި ކޮމިޝަނުން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން، ކޮމިޝަނުގެ ނައިބުރައީސް މިޞްބާޙު ޢައްބާސް ވަނީ ރައީސް ޔާމީން އާ، ރިޟްވާނުގެ މަރާ ގުޅުވާލައިގެން ވާހަކަދައްކަވައިފައެވެ.

މި ވާހަކަތަކަށް ރައްދީ އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްލަދުވުމުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމު އަބްދުﷲ ވިދާޅުވީ، ރައީސް ޔާމީންގެ އަބުރު ކަތިލާ އެމަނިކުފާނުގެ އިސްތަށިފުޅުގައި ދޮގު ބަދުނާމު އަޅުވަނީ އެމަނިކުފާނު ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކާމިޔާބު ހޯދާނެކަމުގެ ޔަގީންކަން ސަރުކާރަށް އޮތުމުން ކަމަށެވެ. އަދި އެކަމުގެ އަޑީގައި އިންޑިއާގެ އަތެއް ނުވެ ނުދާނެ ކަމަށާ އިންޑިއާއެކު ރައީސް އިބްރާޙިމު މުހައްމަދު ސޯލިހުގެ ބައިވެރިވުންވެސް މިކަމުގައި އޮންނާނެކަމަށް އަބްުދުއްރަހީމު ތުހުމަތު ކުރެއްވިއެވެ.

“މީއީ އިންޑިއާ އާއި ރައީސް ސޯލިހްގެ ސަރުކާރާ، މި މީހުން ގުޅިގެން ނެރެގެން އުޅޭ ރިޕޯޓެއް މި ރިޕޯޓެއް. މީގެ އަޑީގައި ވެސް އޮންނާނީ އިންޑިއާ. ކޮންމެ ގޮތަކުންވެސް އެބަ ބޭނުންވޭ ދިވެހިރާއްޖޭގެ 2023 ވަނަ އަހަރުގަ ބާއްވާ ރިޔާސީ އިންތިޚާބުގެ ކަރުދާސްކޮޅުގައި ރައީސް ޔާމީންގެ ނަން ނޯން ނާނެ ގޮތެއް ހަދަން” އަބްދުއްރަހީމު ވިދާޅުވިއެވެ.

އަބްދުއްރަހީމު ވިދާޅުވީ ސަރުކާރުން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް 2023ގެ ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާސްކޮޅުގައި ރައިސް ޔާމިންގެ ނަންފުޅު ﷲގެ އިރާދަފުޅާ މިންވަރުފުޅުން އޮންނާނެ ކަމަށާ އެމަނިކުފާނުއަށް ވޯޓު ދެއްވުމަށް އެންމެހާ ދިވެހި ރައްޔިތުން ތައްޔާރުވުމަށްވެސް އަބްދުއްރަހީމު ގޮވާލެއްވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ