- Advertisement -ad image

ބްރިޖްމަތީ ނުރައްކާތެރި އެކްސިޑެންޓެއް، ދިވެހި ފިރިހެނަކު ނިޔާވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް

ސިނަމާލެ ބްރިޖު މަތީ އެކްސިޑެންޓެއް ހިނގާ 54 އަހަރުގެ ދިވެހި ފިރިހެނަކު ނިޔާވެއްޖެއެވެ.

ފުލުހުން ބުނީ ބްރިޖު ޓްރެފިކް ކައިރީ ކާރަކާ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް 14:30 ގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެކްސިޑެންޓްގައި އަނިޔާވި މީހާ ޓްރީޓޮޕް ހޮސްޕިޓަލަށް ވަނީ ގެންގޮސްފައި ކަމަށާއި މީހާ ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތުދީފައިވާ ކަމަށެވެ.
މި އެކްސިޑެންޓްގައި ނިޔާވެފައިވަނީ އުމުރުން 54 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން ކަމަށް ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ