- Advertisement -ad image

އަލިފާނުގެ ހާދިސާގައި މީހަކު ގެއްލިފައިވާތީ އެފްކޮންސްގެ މުވައްޒަފުން އިހުތިޖާޖުކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

ގުޅީފަޅުގައި ހުންނަ އެފްކޮންސްގެ އެކޮމޮޑޭޝަން ބްލޮކްގައި ހިނގި އަލިފާނުގެ ހާދިސާގައި މުވައްޒަފަކު ގެއްލިފައިވާތީ އެމީހާ ހޯދުމަށް ގޮވާލާ ތިލަމާލެ ބްރިޖުގެ މަސައްކަތްކުރާ އިންޑިއާ މުވައްޒަފުން އިހުތިޖާޖުކޮށްފިއެވެ.

ގުޅިފަޅުގައި މުޒާހަރާ ފެށުނުތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ގެއްލުނު މީހާ ހޯދާދިނުމަށް ގޮވާލާ ހުޅުމާލޭގައި ދިރިއުޅޭ އެފްކޯންސް ކުންފުނީގެ މުވައްޒަފުންވެސް ވަނީ އިހުތިޖާޖު ކުރަން ފަށައިފައެވެ.

އެފްކޯންސް ކުންފުނީގެ މުވައްޒަފުން މުޒާހަރާ ކުރަން ފަށާފައިވަނީ އަލިފާނުގެ ހާދިސާގައި މީހަކު ގެއްލިފައިވާކަން އެފްކޯންސްގެ މެނޭޖުމަންޓުގެ ސަމާލުކަމަށް ގެނައުމުންވެސް މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާތީކަމަށް މައުލޫމާތު ލިބެއެވެ. އަދި އެފްކޯންސްގެ މުވައްޒަފުން ތިބުމަށް ގުޅިފަޅު އެކޮމޮޑޭޝަން ބްލޮކުގައި ދިރިއުޅެނީ ކިތައް މުވައްޒަފުންކަން އެފްކޯންސްގެ މެނޭޖުމަންޓަށް ނޭގޭކަމަށްވެސް އިހުތިޖާޖގެ ބައިވެރިން ދަނީ ބުނަމުންނެވެ.

މި މައްސަލައާއި ގުޅޭގޮތުން އެފްކޯންސްގެ މެނޭޖުމަންޓުންވެސް އަދި ޕްލޭނިން މިނިސްޓްރީއިން ވެސް ރަސްމީ ބަހެއް އަދި ލިބިފައެއް ނުވެއެވެ. އެހެން ނަމަވެސް އެފްކޯންސްގެ މުވައްޒަފުން ގުޅިފަޅުގައި އިހުތިޖާޖު ކުރަން ފެށުމާއެކު، އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވާން ފަށާފައިވާކަމަށް ފުލުހުންގެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ