- Advertisement -ad image

ސޯލިހު ސިޔާސީ ކުރިމަގަށް މަގާމުގެ ނުފޫޒު ބޭނުންކޮށް ރައްޔިތުންގެ ފައިސާއިން ކުރަނީ އިސްރާފު: ޑރ ޖަމީލް

ad image

ގުޅުންހުރި ލިޔުންތައް

ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އަމިއްލަފުޅު ސިޔާސީ ކުރިމަގަށްޓަކައި، މަގާމުގެ ހައިސިއްޔަތު ބޭނުންކޮށްގެން ރައްޔިތުންގެ ފައިސާއިން އިސްރާފު ކުރަމުންދާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ސަރުކާރުން ރައްޔިތުންގެ ފައިސާއަށް ވަމުންދާ ހިޔާނާތާއި ގުޅިގެން ފޭސްބްކްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ޑރ ޖަމީލް ވަނީ ސަރުކާރުން ކުރަމުންދާ ބޭކާރު ހަރަދުތަކާއި ގުޅިގެން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ޑރ ޖަމީލު ވިދާޅުވީ ބޭކާރު ދަތުރުތަކާއި، އެކި އެކި އިވެންޓުތަކަށް ސަރުކާރުން ޚަރަދުކުރަމުންދަނީ ވެރިންގެ ޖީބުތަކުން ނޫންކަމަށެވެ. އެ ފައިސާއަކީ ރައްޔިތުން އަތުން ދައުލަތަށް ނަގާ، ރައްޔިތުންގެ ފައިސާ ކަމަށާއި، އެ ފައިސާ ހިތު ހުރިގޮތަކަށް ޚަރަދުކުރުމަކީ ދައުލަތުގެ އެއްވެސް ވެރިއަކަށް ލިބޭ އިޚްތިޔާރެއް ނޫންކަމަށެވެ.

ޑރ ޖަމީލު ވިދާޅުވީ ސަރުކާރުގެ ވެރިން މަސައްކަތް ކުރަންވާނީ، ރައްޔިތުންގެ ފައިސާ ވީހާވެސް މުހިންމު ބޮޑެތި ކަންކަމަށް ޚަރަދުކޮށް، ޚަރަދުތައް އިސްރާފު ނުވާނެހެން ރައްޔިތުންނަށް ބޭނުންތެރި ކަންކަމަށް ހޭދަކުރުމަށް ކަމަށެވެ. އެހެން ނަމަވެސް ިހާރު ފެންނަމުންދާ މަންޒަރަކީ، ސަރުކާރުގެ ވެރިންގެ ހިތްހަމަ ޖެހުމާއި، އެމީހުންގެ ސިޔާސީ ކުރިމަގު ބިނާކުރުމަށް ރައްޔިތުންގެ ފައިސާއިން އިސްރާފު ކުރަމުންދާ މަންޒަރުކަމަށް ޑރ ޖަމީލު ވަނީ ވިދާޅުވެފައެވެ.

ޑރ ޖަމީލު މިފަދައިން ކަންބޮޑުވުން ފާޅުކުރައްވާފައިވާއިރު، ސަރުކާރުން ގެންދަނީ ރައްޔިތުންގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރަމުން ކަން ސިޔާސީ އެކި ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ. އެގޮތުން ބަދަލު ދިނުމުގެ ނަމުގައިވެސް ރިޒާވްގައި ހުރި ފައިސާ ބޭނުންކޮށްފައިވާއިރު، ދައުލަތުގެ ހަރަދުތައް ކުޑަކުރަން ލަފާ ދިނުމުންވެސް ސިޔާސީ މީހުން މަގާމުތަކަށް އައްޔަން ކުރުން މަޑު ޖައްސާނުލުމާ ދަތުރުތައް ވެސް މަޑު ޖައްސާނުލުން ފަދަ ކަންތައް ސަރުކާރުން ގެންދަނީ ކުރަމުންކަން ފާހަގަކޮށްލެވެ

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ