- Advertisement -ad image

ނަޝީދު ރަށުގައި ނެތީސް އެމްޑީޕީ ޕްރައިއަރީ އަށް ހުޅުވާލުމުން އާޒިމް ފާޑުވިދާޅުވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަށް ކުރިމަތިލުމަށް އެންމެ ފަސް ދުވަސް ދިނުމުން މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ކަންބޮޑުވުން ފާޚުކުރައްވައިފިއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލުމަށް ހުޅުވާލީ މިއަދުން ފެށިގެން 24 ޑިސެމްބަރުގެ ނިޔަލަށެވެ.
އާޒިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކޮންމެކަމެއް އެހާ ހުތުރުކޮށް ކުރަން އުޅުމުން ނަތީޖާ މާ ރަނގަޅު ނުވާނެ ކަމަށެވެ.
އެގޮތުން އާޒިމް ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީއަށް ކުރިމަތި ލާނެކަމަށް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނިކޮށް ރަށުގައިވެސް ވަޑައިންނޫޅުއްވަނީސް ދިނީ އެންމެ 5 ދުވަހުގެ މުއްދަތެއް ކަމަށެވެ.

އެމްޑީޕީން މިއަދު ކުރި އިއުލާނެއްގައި ބުނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެޕާޓީގެ ޓިކެޓްގައި ވާދަކުރާނެ ކެންޑިޑޭޓެއް ހޮވުމަށްބާއްވާ ޕްރައިމަރީ 28 ޖެނުއަރީ 2023 ވާ ހޮނިހިރު ދުވަހު އޮންނާނެ ކަމަށެވެ. 

އެހެންކަމުން އެ ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ އެޕާޓީގެ މެންބަރުން އެމެންބަރަކު ޕްރައިމަރީގައި ވާދަކުރުމަށް ތާއީދުކުރާ އެމްޑީޕީގެ 500 މެންބަރުންގެ ތާއީދާއިއެކު 24 ޑިސެމްބަރ 2022 ވާ ހޮނިހިރު ދުވަހުގެ ހަވީރު 4:00 ގެ ކުރިން ޕްރައިމަރީއަށް ކުރިމަތިލުމަށް އެދޭފޯމް ފުރިހަމަ ކުރުމަށްފަހު ހުށައެޅުމަށް އެދޭ ކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުންގެ ފައިނަލް ލިސްޓު، ކެންޑިޑޭޓް ނަންބަރާ އެކު އިއުލާން ކުރުން އޮންނާނީ 26 ޑިސެމްބަރުގައި ކަމަށްވެސް އެ އިއުލާނުގައި ވަނީ ބުނެފައެވެ

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ