- Advertisement -ad image

އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން ނަޝީދު އިއުލާން ކުރައްވައިފި

ad image

ގުޅުންހުރި ލިޔުންތައް

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު މިއަދު އިޢުލާންކުރައްވައިފިއެވެ.
ވެރިކަންކުރާ އެމްޑީޕީގެ ޕްރައިމަރީ އޮންނާނެކަން އެޕާޓީން އިއުލާންކޮށްފައިވަނީ އަންނަ ޖެނުއަރީ މަހުގެ 28ގައެވެ.
ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވާފައިވާ ކަމަށެވެ.
“ ޕާޓީގެ ހުރިހާ މެންބަރުންގެ ވޯޓު އަޅުގަނޑަށް ދެއްވުން ވަރަށް އެދެން “ ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީން މިއަދު ކުރި އިއުލާނެއްގައި ބުނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެޕާޓީގެ ޓިކެޓްގައި ވާދަކުރާނެ ކެންޑިޑޭޓެއް ހޮވުމަށްބާއްވާ ޕްރައިމަރީ 28 ޖެނުއަރީ 2023 ވާ ހޮނިހިރު ދުވަހު އޮންނާނެ ކަމަށެވެ. 

އެހެންކަމުން އެ ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ އެޕާޓީގެ މެންބަރުން އެމެންބަރަކު ޕްރައިމަރީގައި ވާދަކުރުމަށް ތާއީދުކުރާ އެމްޑީޕީގެ 500 މެންބަރުންގެ ތާއީދާއިއެކު 24 ޑިސެމްބަރ 2022 ވާ ހޮނިހިރު ދުވަހުގެ ހަވީރު 4:00 ގެ ކުރިން ޕްރައިމަރީއަށް ކުރިމަތިލުމަށް އެދޭފޯމް ފުރިހަމަ ކުރުމަށްފަހު ހުށައެޅުމަށް އެދޭ ކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުންގެ ފައިނަލް ލިސްޓު، ކެންޑިޑޭޓް ނަންބަރާ އެކު އިއުލާން ކުރުން އޮންނާނީ 26 ޑިސެމްބަރުގައި ކަމަށްވެސް އެ އިއުލާނުގައި ވަނީ ބުނެފައެވެ

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ