- Advertisement -ad image

ރައްޔިތުން ޖޫރިމަނާކުރަން އިތުރު ބިލެއް ރައީސް ސޯލިހު ތަސްދީގުކުރައްވައިފި

ad image

ގުޅުންހުރި ލިޔުންތައް

އުފަންވާ ކުދިން 7 ދުވަހުގެ ތެރޭގައި ރަޖިސްޓަރީނުކޮށްފިނަމަ، 10،000 ރުފިޔާއިން ޖޫރިމަނާކުރާ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާޙާިމު މުހައްމަދު ސޯލިހު ތަސްދީގުކުރައްވައިފިއެވެ.

އުފަންވުމާއި މަރުވުން ރަޖިސްޓަރީކުރުމާއި އުފަންދުވަހުގެ ސެޓްފިކެޓް އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމާބެހޭ ބިލަކީ މިދިޔަ ނޮވެމްބަރު މަހުގެ 28 ވީ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ 43 ވަނަ ޖަލްސާގައި ފާސްކުރި ބިލެކެވެ.

އެ ބިލު ތަސްދީގުކޮށް ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިއުކޮށްފައިވާކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ. އެއާއެކު މިއަދުން ފެށިގެން އެ ގާނޫނަށް އަމަލުކުރަންވަނީ ފެށިފައެވެ.

މި ޤާނޫނުގައިވާ ގޮތުން ރާއްޖޭގައި އުފަންވާ ކޮންމެ ކުއްޖަކު އަދި ރާއްޖެއިން ބޭރުގައި ދިވެހި ރައްޔިތަކަށް އުފަންވާ ކޮންމެ ކުއްޖަކު އުފަންވުމާއެކު އެ ކުއްޖެއްގެ އުފަންވުން މި ޤާނޫނުގައިވާ ގޮތުގެ މަތިން ރަޖިސްޓަރީކުރުމަކީ ކުއްޖާގެ މައިންބަފައިންގެ މައްޗަށް ލާޒިމުކަމެކެވެ. އަދި ކުއްޖާގެ މައިންބަފައިން ނެތްނަމަ އެ ވާޖިބު އަދާކުރާނީ ކުއްޖާގެ ބެލެނިވެރިޔާއެވެ.

އޭގެ އިތުރަށް އެ ޤާނޫނުގައި ބުނެފައިވަނީ ރާއްޖެއިން ބޭރުގައި އުފަންވާ ކުދިން ރާއްޖެއަށް އަނބުރާ އަންނަތާ ހަތްދުވަހުގެ ތެރޭގައި ރަޖިސްޓަރީކުރަން ހުށަހަޅަންޖެހެއެވެ.

މި ޤާނޫނުގެ ދަށުން ރަޖިސްޓްރީކުރަން ހުށަހަޅާ ތާރީޚަށްވުރެ ލަހުން ހުށަހަޅައިފިނަމަ 10،000 ރުފިޔާއާ ހަމައަށް ޖޫރިމަނާކުރެވޭނެއެވެ. އަދި ފޫޅުމައި ފޯމަށް ނުވަތަ އުފަންދުވަހުގެ ސެޓްފިކިޓަށް ނުވަތަ އައިޑީ ކާޑަށް ޞައްޙަ ނޫން ބަދަލެއް ގެނެސްފިނަމަ 10،000 ރުފިޔާއާއި 15،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާވާނެއެވެ.

މި ބިލު ތަސްދީގުކުރުމާ އެކު ގިނަބަޔަކު ގެންދަނީ މިއީ ރައްޔިތުން ޖޫރިމަނާ ނުކުރާނެކަމަށް ވައުދުވެގެން އައި ސަރުކާރެއް ނަމަވެސް ވި ވައުދުތަކާ ހިލާފުވަމުންދާކަމަށް ބުނަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ