- Advertisement -ad image

އެމްޑީޕީ މެންބަރުންގެ ދަފުތަރުވަނީ ގަޑުބަޑުކޮށްފައި: ނަޝީދު

ad image

ގުޅުންހުރި ލިޔުންތައް


އެމްޑީޕީގެ މެންބަރުންގެ ދަފުތަރު ވަނީ ގަޑުބަޑުކޮށްފައި ކަމަށާއި އެކަން އެހެން އޮއްވާ އިންސާފުވެރި ޕްރައިމަރީއެއް ނުބޭއްވޭނެ ކަމަށް އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވީ، އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލްއަށް މިއަދު ފޮނުއްވެވި ސިޓީއެއްގައެވެ.
އެގޮތުން ނަޝީދު ވިދާާޅުވީ، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ކުރިމަތިލާނެ ކެންޑިޑޭާޓެއް ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރައްވާ ކަމަށެވެ.
އަދި އެމްޑީޕީގެ ވޯޓުލާ ދަފުތަރުން ސާޅީސްހާހާ ގާތަަށް މެންބަރުން، އެ މެންބަރުންނަށް އެނގުމަކާނުލާ، ކުއްލިއަކަށް އުނިކުރުމުން ދަފުތަރު ވަނީ ގަޑުބަޑުވެފައި ކަމަށެވެ.

ނަޝީދު ވިދާޅުވީ އެކަން އެހެން އޮއްވާ ޕްރައިމަރީ ކުރިއަށް ގެންދެވުމުން އެ ޕްރައިމަރީއަކީ މިނިވަން އަދި އިންސާފުވެރި އިންތިހާބަކަށް ވާނޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
އެމްޑީޕީއަށް ހިތުން ރުހުމުން ގުޅިފައިވާ މެންބަރުންގެ ތެރެއިން 40 އިންސައްތަ މެންބަރުންގެ ހައްގާއި ބައިވެރިވުން ގެއްލުވާލައި ބާއްވާ އިންތިހާބަކީ 2023 ގެ ރިޔާސީ އިންތިހާބުގައި އެ ޕާޓީއަށް އިންތިހާއަށް ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށްވެސް އެ ސިޓީގައި ބުނެފައިވެއެވެ.

އަދި އެއީ އެމްޑީޕީގެ މަސްލަހަތު ހިފެހެއްޓޭނެ ކަމެއް ނޫން ކަމަށް ދެކެވަޑައިގަންނަވާތީ ރިޔާސީ ޕްރައިމަރީގެ ވޯޓުލާއިރު ޕާޓީގެ ވޯޓުލާ ދަފުތަރުގެ ގޮތުގައި މިހާތަނަަށް ބަލަމުން އައި ދަފުތަރުގައި ހިމެނޭ މެންބަރުންގެ ވޯޓުލުމުގެ ހައްގު ނުގެއްލޭނެކަން ކަށަވަރުކޮށްދިނުމަށް އެދިފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ