- Advertisement -ad image

ބްރިޖްގައި ހިނގި އެކްސިޑެންޓްގެ ވީޑިއޯ ލީކުވި ގޮތް ބަލައި ފިޔަވަޅު އަޅަނީ

ad image

ގުޅުންހުރި ލިޔުންތައް

ސިނަމާލެ ބްރިޖްގައި މިދިޔަ ހުކުރު ދުވަހު ހިނގި އެކްސިޑެންޓްގެ ވީޑިއީ ސޯޝަލްމީޑިއާގައި އާއްމުވެފައި ވަނީ ކިހިނެތްތޯ ބަލައި ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މީހަކު ނިޔާވުމަށް މެދުވެރިވި އެކްސިޑެންޓްގެ މަންޒަރު ސޯޝަލްމީޑިއާގެ އެކި ވަސީލަތްތަކުގައި ދައުރު ކުރުމަކީ މަރުހޫމްގެ އާއިލާއަށް ނުހަނު ހިތްދަތިކަން ގެނުވާ ކަމެއް ކަމުގައި ދެކޭ ކަމަށެވެ.
އަދި އެ ވީޑިއޯ ދައުރުވަމުންދާތީ އެކަމުގެ ކަންބޮޑުވުން އާއިލާއިން ވަނީ ފުލުހުންނާ ހިއްސާ ކޮށްފައި ކަމަށެވެ.

އެހެންކަމުން އެ ވީޑިއޯ ސޯޝަލްމީޑިއާގެ އެކި ވަސީލަތްތަކުގައި ދައުރު ނުކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
ފުލުހުންބުނީ އެ ވީޑިއޯ އާއްމުވެފައިވާ މައްސަލަ ފުލުހުން ގެންދަނީ ބަލަމުން ކަމަށެވެ. އަދި އެއީ ކިހިނެތް އާއްމުވެފައިވާ ވީޑިއޯއެއްތޯ ބަލައި ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މިދިޔަ ހުކުރު ދުވަހު ބްރިޖު މަތީ ސައިކަލަކާ ކާރެއް ޖެހި ހިނގި އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން މީހާ ވަނީ ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް ނިޔާވެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ