- Advertisement -ad image

ރާއްޖެ-އިންޑިއާ، އެކުވެރިކަމުގެ މައިގަނޑު އަސާސަކީ ދިފާއީ ގޮތުން ދޭ އެއްބާރުލުން

ad image

ގުޅުންހުރި ލިޔުންތައް

ރާއްޖެ އާއި އިންޑިއާގެ އެކުވެރިކަމުގެ މައިގަނޑު އަސާސަކީ ދިފާއީ ގޮތުން ދެމުން ގެންދާ އެއްބާރުލުން ކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ޗީފް އޮފް ދަ ނޭވަލް ސްޓާފް އެޑްމިރަލް ރާދަކްރިޝްނަން ހަރީ ކުމާރު، މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސް ސާލިހު އާއި މިއަދު ވަނީ ބައްދަލު ކުަރައްވާފައެވެ.

ވޭތުވެދިޔަ ތިން އަހަރު ތެރޭގައި ރާއްޖެއާއި އިންޑިއާ އާއި ދެމެދުގައި ދިފާޢީ ގޮތުން އިތުރަށް ގުޅުން ބަދަހިކުރެވިފައިވާކަން ހާމަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދިފާޢީގޮތުން ދޭ އެއްބާރުލުމަކީ ދެ ޤައުމުގެ ދެމެދުގައިވާ އެކުވެރިކަމުގެ މައިގަނޑު އެއް އަސާސު ކަމުގައި ވިދާޅުވެފައެވެ.

އެޑްމިރަލް އާރު ހަރީ ކުމާރު ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނު ވަނީ މެރިޓައިން ސޭފްޓީ ޙަރަކާތްތަކާއި، ދެ ޤައުމުގެ ސިފައިން ގުޅިގެން ހިންގާ އެކްސަރސައިޒްތަކާއި، އެކްސްކްލޫސިވް އިކޮނޮމިކް ޒޯން ޕެޓްރޯލްކުރުން ހިމެނޭހެން ރާއްޖެއާއި އިންޑިއާ އާ ދެމެދުގައި ދިފާޢީ ގުޅުން ބަދަހިކުރުމުގެ ޙަރަކާތްތައް ކުރިޔަށްދާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ