- Advertisement -ad image

ވެންޓިލޭޓަރު މައްސަލައިގައި ތިން މީހެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފި

ad image

ގުޅުންހުރި ލިޔުންތައް

ކޯވިޑު ބަލީގައި ހާލު ދެރަވާ މީހުންނަށް ފަރުވާ ދިނުމަށް ވެންޓިލޭޓަރުތަކެއް ގެނައުމަށް ދުބާއީގެ ކުންފުންޏަކާއި އެކު ދިވެހި ސަރުކާރުންވީ އެއްބަސްވުމުގައި ކޮރަޕްޝަނަށް މަގު ފަހިވެފައިވާތީ ދައުވާ ކުރުމަށް ފޮނުވި މައްސަލައިގެ ރިވިއުއިން ޕްރޮސެސްގައި އޮންނަތާ ދެ އަހަރު ފަހުން ތިން މީހަކަށް ދައުވާކުރަން ފޮނުވައިފިއެވެ.

ކޯވިޑުގައި ހާލުބޮޑުވާ މީހުންނަށް ފަރުވާ ދިނުމަށް ވެންޓިލޭޓަރު ގަތުމުގައި އޮޅުވާލުމާއި މަކަރާ ހީލަތް ހެދި މައްސަލައިގައި އޭސީސީއިން ތަހުގީގުކޮށް ހުށަހެޅި ކަންކަމުގެ މައްޗަށް ބަލައި، ޕީޖީ އޮފީހުން މީގެ ކުރިން ނިންމާފައި އޮތީ ދައުވާ ނުކުރެވޭނެ ކަަމަށެވެ. ނަމަވެސް، އާންމުންގެ ޕްރެޝަރާއި ކުރިމަތިވެ ދެވަނަ ފަހަރަށް މައްސަލަ ރިވިއުކުރަން ނިންމައި، މިހާރު އެ މައްސަލަ އެހެން އަމާޒަކުން ބަލަން ޕީޖީ އޮފީހުން އޭސީސީއަށް އެންގިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ވެންޓިލޭޓަރު ގެންނަން އެއްބަސްވުން ހެދި އިރު، އޭޖީ އޮފީހުން ލަފާ ދިން ގޮތާ ހިލާފަށް 18 ކަމެއް އެއްބަސްވުމުގައި ހިމަނާފައިވެއެވެ. އެހެންކަމުން އެކަންކަން ބަލައި، އެހެން ދައުވާތަކެއް ކުރެވިދާނެ ކަމަށްބުނެފައިވެއެވެ.

އެގޮތުން އެކަންކަން އަލުން މުރާޖައާ ކުރަން ފޮނުވިތާ ދެ އަހަރު ފަހުން މިއަދުވަނީ ހެލްތު މިނިސްޓްރީގެ ކުރީގެ ނައިބު ސ. ފޭދޫ ޕިންކް ހައުސް ޝިޔާމާ މުހައްމަދާއި އެ މިނިސްޓްރީގެ ކުރީގެ ޑިރެކްޓަރު ތ. ކިނބިދޫ ބޯގަންވިލާ، އަހުމަދު އަސްލަމްގެ އިތުރުން އެ މިނިސްޓްރީގެ ކުރީގެ ލީގަލް އޮފިސަރު ލ. ގަން، ފެއަރީގާޑެން އަލީ ޝިހާމްގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވާފައެވެ.

އެ މީހުންގެ މައްޗަށް ވެސް ކުރުމަށް ކޮށްދިނުމަށް އެދުނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ދަށުން، ދައުލަތަށް ފައިދާއެއް ލިބެން އޮތްކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާ އެވެ.

އެ މައްސަލައިގައި ދައުލަތަށް ގެއްލުނު 31,052,025ރ. އަނބުރާ ހޯދުމަށް ވެސް އޭސީސީން އެދުނެވެ.

ކޮވިޑް-19 ގެ ފަރުވާ އަށް ވެންޓިލޭޓަރު ހޯދަން، މާލީ އަދި ފަންނީ ގާބިލް ކަމެއް ނެތް ދުބާއީގެ ކުންފުންޏެއް ހޮވުމުގައި މާލިއްޔަތު ގަވާއިދާ ހިލާފުވެ ދައުލަތަށް ގެއްލުން ލިބޭ ގޮތަށް އަމަލުކޮށްފައިވާ ކަން ފަޅާއެރީ، އޮޑިޓަ ޖެނެރަލް ނެރުއްވި ހާއްސަ އޮޑިޓުންނެވެ.

ވެންޓިލޭޓަރު މައްސަލައިގައި އޭސީސީއިން މީގެ ކުރިން ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއެކު އެ މިނިސްޓްރީގެ 11 މީހަކަށް ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވިއެވެ. ނަމަވެސް، ކުށުގެ އުންސުރުތައް ހަމަނުވާ ކަމަށް ބުނެ ޕީޖީއިން ވަނީ ދައުވާ ނުކުރަން ނިންމައިފައެވެ. އެ ނިންމުން ރިވިއުކުރި ނަމަވެސް މައްސަލައިގައި ދައުވާ ނުކުރަން ނިންމި ނިންމުމަށް ބަދަލުނުގެންނަން ޕީޖީ އޮފީހުން ނިންމިއެވެ. ނަމަވެސް އަނެއްކާވެސް މައްސަލަ ރިވިއު ކުރަން ނިންމާ ޕީޖީ އޮފީހުން މައްސަލަ އަނބުރާލިއެވެ.

ސަރުކާރުން އޯޑަަރު ކުރި 75 ވެންޓިލޭޓަރުތަކުގެ ތެރެއިން އަދި ލިބުނީ އެންމެ 15 ވެންޓިލޭޓަރެވެ. ބާކީ 60 ވެންޓިލޭޓަރު އަދިވެސް ނުލިބި ހުރި އިރު އެއްބަސްވުން ހެދި އިރު އެއްވެސް ގެރެންޓީއަކާ ނުލާ އެ ކުންފުންޏަށް ވަނީ އެޑްވާންސަށް 30.91 މިލިއަން ރުފިޔާ ދީފަ އެވެ. ބާކީ ހުރި ވެންޓިލޭޓަރުތައް ލިބޭނެ ދުވަހެއް ވެސް އަދި ނޭނގެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ