- Advertisement -ad image

ޕޯސްޓްމޯޓަމް ހަދަން ނިޝާމާގެ ހަށިގަނޑު ބޭރަށް ފޮނުވާލައިފި

ad image

ގުޅުންހުރި ލިޔުންތައް

ހދ. ނޮޅިވަރަމް ހިތަށްފިނިވާގެ، ނިޝާމާ މުހައްމަދުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ރާއްޖެއިން ބޭރަށް ފޮނުވައިފިއެވެ.
އެގޮތުން ފުލުހުން ބުނީ ނިޝާމާގެ ހަށިގަނޑު އިންޑިއާ އަށް ފޮނުވާލީ މިއަދު ކަމަށެވެ.
އުމުރުން 28 އަހަރުގެ ނިޝާމާ މަރާލާފައިވާ ކަމަށް ބުނެ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މި މަހުގެ 10 ވަނަ ދުވަހު މެންދުރުއެވެ. ނިޝާމާގެ ހަށިގަނޑު ޕޯސްޓްމޯޓަމަށް އިންޑިއާއަށް ފޮނުވާލާފައިމިވަނީ މަރުވެފައި އޮތްވާ ފެނުނުތާ 11 ދުވަސް ފަހުންނެވެ.

ނިޝާމާގެ މަރުގެ ތުހުމަތު ކުރަނީ އޭނާގެ ފިރިމީހާ އަބޫބަރު ފައިސަލަށެވެ. މިމައްސަލަ ތަހުގީގުކުރަން ފުލުހުންގެ ބަންދުގައި އޭނާ ބަހައްޓާފައި ހުއްޓާ ދަންޖެހުމުން، ފަރުވާ ދެމުންދަނިކޮށް މިދިޔަ ހޯމަ ދުވަހު ވަނީ މަރުވެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ