ޕީޕީއެމްގެ ގިނަ އަދަދެއްގެ މެމްބަރުންތަކެއް، ވެރިކަން ކުރާ އެމްޑިޕީގެ ދަފްތަރުގައި އޮތް ކަން ހާމަވެފައިވާއިރު، އިލެކްޝަންސް ކޮމިޝަންގެ ސެކެރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ ވިދާޅުވެއްޖެއެވެ.
އޭނާ މިފަދައިން ވިދާޅުވީ ހިރާސްއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ޒަކަރިއްޔާ ވިދާޅުވީ އެމްޑީޕީއިން ހާމަކޮށްފައިވާ ގޮތަށް ބަލާއިރު އެމްޑީޕީގެ ވެބްސައިޓްގައިވާ ލިސްޓްގައި އީސީގެ ދަފްތަރުގައި އަދާލަތު ޕާޓީގެ މެންަަރުންގެ ގޮތުގައި ހިމެނޭ 1211، ޑީއާރްޕީ 389، ޖޭޕީ 3788، އެމްޑީއޭ 1761، އެމްއެސްއެލްޑީޕީ 875، އެމްއާރްއެމް 1029، އެމްޓީޑީ 1048، ޕީއެންސީ 698، ޕީޕީއެމް 6357، އަދިި އީސީގެ ދަފްތަރުގައު އެއްވެސް ޕާޓީއެއްގައި ރަޖިސްޓްރީ ނުވާ 24،033 މީހުން ހިމެނޭ ކަމަށެވެ.
އެހެންކަމުން އެ ހާމަކުރި އަދަދުތަކަކީ އެމްޑީޕީގެ އެތެރޭގެ ދަފްތަރުގެ އަދަދުތަކެއް ކަމަށާ އީސީގެ ދަފްތަރާ އެއާ ގުޅުމެއް ނޯންނާނެ ކަމަށެވެ.
މީގެ އިތުރުން އެމްޑީޕީ ނޭނގި ގެންގޮސްފައިވާ މެމްބަރުން ޝަކުވާ ހުށަހެޅުމުން އަލުން އެ ޕާޓިއަށް ރުޖޫއަކުރާނެ ކަމަށް ބުނެފައިވާ ބުނުމަކީ އެ ޕާޓިގެ އެތެރޭގައި ފުރާ ފޯމުތަކެއްގެ ގޮތުގައި ޝަކުވާ ފޯމު ހުށަހެޅުން ކަމަށްވެސް ޒަކަރިއްޔާވަނީ ވިދާޅުވެފައެވެ.
އެމްޑީޕީގެ އެތެރޭގައި އެހެން ޕާޓީތަކުގެ މެމްބަރުން ތިބިކަން ހާމަވެފައިވަނީ ރިޔާސީ ކެންޑީޑޭޓުގެ ޕްރައިމަރީއަށް އެ ޕާޓީއިން ވަމުން ގެންދާ ތައްޔާރީތަކުގެ ތެރެއިން ހާމަކުރި މައުލޫމާތުތަކުގައެވެ. އަދި ދަފްތަރު ގަޑުބަޑުކޮށްފައިވާ ކަމަށް އެމްޑީޕީގެ ރައީސް ވެސް ވަނީ ވިދާޅުވެފައެވެ.



