- Advertisement -ad image

ސަރުކާރުން ކުރި ވައްކަމެއް ހޯދި ނާޖައިޒް މަންފާއެއް ނޯންނާނެ: ޝަރީފް

ad image

ގުޅުންހުރި ލިޔުންތައް


ސިޔާސީ ބޭނުމަށް ކިތަންމެ ވަރަކަށް އަބުރު ކަތިލިއަސް ސަރުކާރުން ކުރި ވައްކަމެއް ހޯދި ނާޖައިޒް މަންފާއެއް ނޯންނާނެ ކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާަޅުވެއްޖެއެވެ.

އެމްޑީޕީގެ އެތެރޭގެ ކޯޅުން ބޮޑުވެ އެއް ބަޔަކު އަނެއް ބަޔަކަށް ކޮރަޕްޝަންގެ ތުހުމަތު ކުރަމުންދާ މިދަނޑިވަޅުގައި މިއަދު ކުރެއްވި ޓުވީޓެއްގައި މަވޯޓާ ޝަރީފް ވިދާޅުވީ، އެހެން މީހުނާއި ދިމާއަށް ތާއަބަދު އިނގިލިދިއްކުރަނީ ސަރުކާރުން ބޮޑެތި މަންފާ ހޯދާ މީހުން ކަމަށެވެ.


އަދި ސަރުކާރުގެ ކޮންޓްރެކްޓްތައް ބައިވަރު ނަގައިގެން ތިބި ބޭފުޅުންނާއި ސަރުކާރަށް ބޮޑުއަގުގައި ތަކެތި ވިއްކަވައި ބޭފުޅުން އެހެންމީހުންނަށް އިނގިލި ދިއްކުރުން ވަނީ ހެއްވާ ކަމަކަށް ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ޝަރީފު އިތުރަށް ވިދާޅުވީ، ޔަގީނުންވެސް އޭނާ ސަރުކާރުން ހޯދި ކޮންޓްރެކްޓެއް ސަރުކާރަށް ވިއްކި މުދަލެއް ކުއްޔަށް ދިން އެއްޗެއް ނޯންނާނެ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ، ކެމްޕެއިން ކުރައްވަން އަދި ތާއީދު ހޯއްދަވަން ބައެއް ސިޔާސީ ލީޑަރުން ގެންގުޅުއްވާ މައިގަނޑު އުކުޅަކީ އެހެންމީހުންގެ ބޮލުގައި ދޮގު ތުހުމަތާއި ވަގުބަދުނާމު އެޅުވުން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

2 ޚިޔާލު

  1. ދަރިފުޅު މެލޭޝިޔާގެ ހައިކޮމިޝަންގައިބަހަށްޓާގެން މަހަކު -/234000ރ ދިވެހިދައުލަތުގެ ޚަޒާނާއިންނެގުންއެއީނާޖާއިޒުފައިދާއެށްނޫޫންތޯ؟؟

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ