- Advertisement -ad image

ކީރިތި ގުރުއާން ކިޔެވުމުގެ 35 ވަނަ ގައުމީ މުބާރާތް ފަށައިފި

ad image

ގުޅުންހުރި ލިޔުންތައް


ކީރިތި ގުރުއާން ކިޔެވުމުގެ 35ވަނަ ގައުމީ މުބާރާތް ފަށައިފިއެވެ.
މިމުބާރާތް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު އޮތީ، ރޭ ކިންގް ސަލްމާން މިސްކިތުގެ ޖަލްސާކުރާ މާލަމުގައެވެ.
މިމުބާރާތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ކުރިން ނައިބުރައީސް ވަނީ، “މަޚުރަޖާނުލް ޤުރުއާން” އިފްތިތާޙްކޮށްދެއްވާފައެވެ. މިހަރަކާތް ކުރިޔަށްދަނީ، ކިންގް ސަލްމާން މިސްކިތުގެ ގޯތި ތެރޭގައެވެ.
ތިން ބަޔަކަށް ކުރިޔަށްގެންދާ، ޤުރުއާން ކިޔެވުމުގެ 35ވަނަ ޤައުމީ މުބާރާތުގައި މިއަހަރު 1023 ބައިވެރިން ކިޔަވާނެއެވެ.

މިފަހަރުގެ މުބާރާތުގައިވެސް ސްކޫލްތަކާއި، އަތޮޅުތަކުގެ ކައުންސިލްތަކާއި، ކްލަބް ޖަމިއްޔާ ޖަމާތްތަކާއި، ކުންފުނިތައް ޤުރުއާން ކްލާސްތައް، މުއައްސަސާތައް އަދި އަމިއްލަގޮތުން ބައިވެރިވާ ފަރާތްތަކާއި ޙާފިޡުން ޤުރުއާން ކިޔަވާނެއެވެ.
މިއަހަރު ބަލައިގެން ކިޔެވުމުގެ ގޮފީގައި 600 ބައިވެރިން، ނުބަލާ ކިޔެވުމުގެ ގޮފީގައި 409 ބައިވެރިން، އަދި 13 ޙާފިޡުންގެ ކިޔަވާނެއެވެ.

މުބާރާތުގެ ކިޔެވުން 31 ޑިސެމްބަރުގެ ނިޔަލަށް ކުރިއަށްދާނެއެވެ.

ކީރިތި ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތް އެންމެ ފުރަތަމަ ބޭއްވީ 1980ވަނަ އަހަރުގައެވެ. 1984ވަނަ އަހަރުން ފެށިގެން މި މުބާރާތް ބާއްވަމުން އައިސްފައިވަނީ އިސްލާމީ މަރުކަޒުގައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ