- Advertisement -ad image

އިސްލާމްދީން ގޮވާލަނީ އެއްބައިވަންތަކަމަށާއި އެއްގަލަކަށް އެރުމަށް: ހުތުބާ

ad image

ގުޅުންހުރި ލިޔުންތައް

އިސްލާމްދީން ގޮވާލަނީ އެއްބައިވަންތަކަމަށާއި އެއްގަލަކަށް އެރުމަށް ކަމަށް މިއަދުގެ ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ހުތުބާގެ މައުޟޫއަކީ އިސްލާމީ ވަހުދަތާއި އެއްބައިވަންތަ ކަމުގެ މުހިންމުކަން މިއެވެ.
ހުތުބާގައި ބުނެފައިވަނީ އެކަކު އަނެކަކުދެކެ ރުޅިނައިސް އެއްބަނޑު އެއްބަފާ ބައެއްގެ ގޮތުގައި އުއްމަތް ބިނާކުރުމަށްޓަކައި އަތުގުޅާލުމަށް އިސްލާމްދީން ގޮވާލާކަމަށެވެ.
އަދި ދުނިޔޭގެ ކަންކޮޅުތަކުގައި އިސްލާމީ ނޫރު ފެތުރުނީ އިސްލާމީ ވަހުދަތުގެ ސަބަބުންނެވެ. އިސްލާމީ ފުތޫހާތުތައް ދުނިޔޭގެ އިރުމައްޗަށާއި ހުޅަނގަށް ފެތުރިގެން ދިޔައީ މި އެއްބައިވަންތަ ކަމުގެ ސަބަބުންނެވެ. މުސްލިމުންގެ މެދުގައި މި އެއްބައިވަންތަކަމާއި އުހުވަތްތެރިކަން ނެތިދިއުމުން އިސްލާމީ ދައުލަތުގެ ގޮށްތައް މޮހި ބާރުތައް ނިކަމެތިވެ ކަފާސްވިއެވެ. އެހިނދު ދުޝްމަނުން އަހަރުމެންގެ މައްޗަށް ތަފާތު ގޮތްގޮތަށް ބާރުފޯރުވަން ފެށިއެވެ.
އިސްލާމީ އުއްމަތާއި މިއަދު ކުރިމަތިވެފައިވާ މުސީބާތްތައް ގިރާކޮށްފައި ދެވޭވަރުގެ ގާބިލްކަން އިސްލާމީ އުއްމަތުގެ ވަހުދަތުގައްޔާ އެއްބަނޑު އެއްބަފާ ކަމުގެ ގެތުންތަކުގައި އެބަހުއްޓެވެ.
މިކަމަށްޓަކައި އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ އިސްލާމީ ވަހުދަތަށް ބޭނުންވާ ބިންގާ ވަރުގަދަ ކުރުމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ