ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް ޢަބްދުﷲ ޔާމީނުގެ މައްޗަށް މަނީ ލޯންޑަރިން މައްސަލައިގެ އަޑުއެހުމެއް ކުރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ.
ފުއްގިރި މައްސަލާގައި ރައީސް ޔާމީނުގެ މައްޗަށް ދެ ދައުވާއެއް ދައުލަތުން އުފުލާފައިވެއެވެ. އެއީ ރިޝްވަތު ޤަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާއެވެ. މި ދެ ދައުވާ އިއްވައި ރައީސް ޔާމީނުވަނީ މި ދައުވާތަކަށް އިންކާރުކުރައްވާފައެވެ.
އެ މައްސަލާގައި ރައީސް ޔާމީނުގެ އިތުރަށް މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމު ސަން ސިޔާމް ކުންފުނިތަކުގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައިވެއެވެ. އަދި ކުރިކު ރިޟާގެ މައްޗަށް އެ މައްސަލާގައި ރިޝްވަތު ދިނުމުގެ ދައުވާ އުފުލާފައިވެއެވެ.
މި މައްސަލައިގެ އިބްތިދާއީ އަޑުއެހުންތައް ނިންމައި ހެކި ހާމަކުރުމުގެ މަރުހަލާ ފަށައި ހެއްކާ ބެހޭ ގޮތުން ވާހަކަދައްކަން ފެށުމަށްފަހު އަޑުއެހުންތައް މެދު ކަނޑާލާފައި ޞާއްވާފައި އޮންނަތާ ގިނަ ދުވަސްތަކަކަށް ފަހު ކުއްލި އަކަކށް މައްސަލަ ބައްލަވާ ގާޒީ އަހުމަދު ޝަކީލުވެސް މައްސަލައިން ތަނާޒުލްވެވަޑައިގެން އެހެން ގާޒީއަކާ މައްސަލަ ހަވާލުކުރުމަށް ފަހު އަޑު އެހުންތައް ތާވަލްކުރަން ފަށަފައި މިވަނީ އާރަށުގެ މައްސަލައިގެ ހުކުމް އިއްވުންވެސް ތާވަލްކޮށްފައިވާ ދަނޑިވަޅެއްގައެވެ.
ޖަނަވަރީ 3 ވަނަ ދުވަހުގައި ބާއްވާ އަޑުއެހުމަކީ ފުއްގިރި މައްސަލައިގެ އިބްތިދާއީ އަޑުއެހުމެކެވެ. އެ އަޑުއެހުން ބާއްވަނީ މައްސަލައިގެ ޤާޟީ ބަދަލުވެފައިވާކަން އެންގުމާއެކު މައްސަލައިގެ ބައެއް ކަންކަން އޮޅުންފިލުއްވުމަށް ބާއްވާ އަޑުއެހުމެކެވެ.



