- Advertisement -ad image

ނިޝާމާ މަރާލާފައިވަނީ ނޭވާ ހާސްކޮށްލައިގެން: ފުލުހުން

ad image

ގުޅުންހުރި ލިޔުންތައް

ހދ ނޮޅިވަރަމްގައި މިމަހުގެ 10 ވަނަ ދުވަހު ނިޔާވެފައި އޮއްވާ ފެނުނު ނިޝާމާ މުހައްމަދު، މަރާލާފައިވަނީ ނޭވާހާސްކޮށްގެން ކަމަށް އޭނާގެ ޕޯސްޓްމޯޓަމް ރިޕޯޓުން ދައްކާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ޕޯސްޓްމޯޓަމް ރިޕޯޓްގައިވާ ގޮތުން ނިޝާމާ މުހައްމަދު މަރާލާފައިވަނީ ކަރުގައި އެއް އޮޅާ ނޭވާހާސްކޮށްލައިގެން ކަމަށެވެ.
ނިޝާމާގެ ހަށިގަނޑު މިހާރު ވަނީ ރާއްޖެ ގެނެސްވަޅުލާފައެވެ.
ނިޝާމާ އޭނާ ދިރިއުޅުނު ގޭގެ ކޮޓަރިތެރޭގައި ހޭނެތިފައި އޮއްވާ ޢާއިލާއަށް ފެނުމާއި ގުޅިގެން ފުލުހުންނަށް ރިޕޯޓް ކޮށް އޭނާ ނޮޅިވަރަމް ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް އޭނާ ނިޔާވެފައިވާ ކަމަށް، ޑޮކްޓަރުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
އަދި ނިޝާމާގެ މަރުގެ ތުހުމަތަށް ފުލުހުން ހައްޔަރުކުރީ އޭނާގެ ފިރިމީހާ، އަބޫބަކުރު ފައިސަލް، (32)އެވެ. އޭނާ ބަންދުކޮށް ފުލުހުންގެ ބެލުމުގެ ދަށުގައި ކުޅުދުއްފުށީގައި ހުއްޓާ ދަންޖެހުމާއި ގުޅިގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް މިމަހު 19 ވަނަ ދުވަހު ވަނީ ނިޔާވެފައެވެ.
ޕޯސްޓްމޯޓަމް ރިޕޯޓާއި ގުޅިގެން އިތުރު ތަފްސީލެއް ފުލުހުން އަދިނުދެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ