- Advertisement -ad image

ރައީސް ޔާމީން މިނިވަން ކުރަން ގޮވާލާ އިދިކޮޅުން މަގުމައްޗަށް

ad image

ގުޅުންހުރި ލިޔުންތައް

ކުރީގެ ރައީސް ޔާމީން 11 އަހަރަށް ޖަލަށްލުމަށް މިއަދު ކުރިމިނަލް ކޯޓުން ހުކުމް ކުރުމުން ޕީޕީއެމްގެ ސަޕޯޓަރުން މިރޭ މާލޭ މުޒާހަރާ ފަށައިފިއެވެ.

މި މުޒާހަރާގެ ތެރެއިން މިހާރުވެސް 13 މީހުން ވަނީ ހައްޔަރުކޮށްފައި ކަމަށް އެޕާޓީން ހާމަކުރެއެވެ. މުޒާހަރާގެ ބައިވެރިން ގޮވަމުން ދަނީ ރައީސް ޔާމީންގެ މައްޗަށް މިއަދު ކޮށްފައިވަނީ ހަރާމް ހުކުމެއް ކަމަށާއި އެމަނިކުފާނު ދޫކޮށްލުމަށެވެ.

އިދިކޮޅު ސަޕޯޓަރުން މަގުތަކަށް ނިކުމެ މުޒާހަރާކުރާއިރު ކުރީގެ ރައީސް އަދި އިދިކޮޅު އިއްތިހާދުގެ ލީޑަރު ރައީސް ޔާމީނުގެ މައްޗަށް ދައުވާކޮށްފައިވާ އާރަށް މައްސަލާގައި ރިޝްވަތު ގަބޫލުކުރުމުގެ ކުށާއި، މަނީ ލޯންޑަރިންގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރުމަށް މިރޭ ވަނީ މާފުށީ ޖަލަށް ގެންގޮސްފައެވެ. 

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ