- Advertisement -ad image

ރަމަޟާން މަހަށް ހާއްސަކޮށްގެން މާލެ ސިޓީކައުންސިލުން ބާއްވާ ގުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ad image

ގުޅުންހުރި ލިޔުންތައް

ރަމަޟާން މަހު، މާލެ ސިޓީ ކައުންސިލުން ބާއްވަން ހަމަޖެހިފައިވާ ކީރިތި ޤުރްއާން ކިޔެވުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ” މާލޭ ސިޓީ ކައުންސިލް ޤުރުއާން މުބާރާތް 1444 ” މި ނަމުގައެވެ. 

މި މުބާރާތް ދެ ގޮތްޕަކަށް ބަހައިލެވިފައިވެއެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮތްޕާއި ނުބަލައި ކިޔެވުމުގެ ގޮތްޕެވެ. ކޮންމެ ގޮތްޕެއްގައި ވެސް 6 އުމުރުފުރާ ހިމެނޭނެއެވެ. އެއީ 6 އަހަރުން ދަށާއި، 9 އަހަރުން ދަށާއި 11 އަހަރުން ދަށާއި، 13 އަހަރުން ދަށާއި، 16އަހަރުން ދަށާއި، 19އަހަރުންދަށެވެ. އުމުރު ފުރާ ކަނޑައެޅުމުގައި ބަލާނީ 1 ޖަނަވަރީ 2023 އަށް ދަރިވަރަށް ފުރޭ އަހަރަށެވެ. 

މި މުބާރާތުގެ 6 އަހަރުން ދަށުގެ އުމުރުފުރާގެ ދަރިވަރުންގެ ކިޔެވުމަށް އިންސާފުކުރާ ގޮތަށް ހަމަޖެހިފައެއްނުވެއެވެ. އެ ނޫން ކޮންމެ އުމުރުފުރާއަކުން އެންމެ މޮޅު 5 ދަރިވަރުން ހޮވޭނެއެވެ. ކޮންމެ އުމުރުފުރާއަކުން، 1 ވަނަ ، 2 ވަނަ 3 ވަނަ ހޮވާނެއެވެ. މި ވަނަތައް ހޮވޭނީ ދެ ގޮފި ވަކިންނެވެ. ހަމަ އެހެންމެ ކޮންމެ ގޮތްޕަކުން އެންމެ މޮޅު 5 ދަރިވަރުން ހޮވުމާއެކު ކޮންމެ ގޮތްޕަކުން 1ވަނަ، 2ވަނަ، 3ވަނަ ހޮވޭނެއެވެ.

މި މުބާރާތުގެ ކޮންމެ ގުރޫޕަކުންވެސް 1 ވަނަ ، 2 ވަނަ އަދި 3 ވަނަ ހޮވުމަށް ވަނީހަމަޖެހިފައެވެ. އަދި މުޅި މުބާރާތުން 1، 2، އަދި 3 ވަނަ ހޮވޭނެއެވެ. މިމުބާރާތުގެ ވަނަވަނަ އަށް އަންނަ ދަރިވަރުންނަށް ކަނޑައެޅިފައިވާ އިނާމްތަކަކީ : 

ކޮންމެ ގްރޫޕަކުން 1 ވަނަ -/8000ރ، ޓްރޮފީ އާއި ސެޓްފިކެޓް

2 ވަނަ -/6000ރ، ޓްރޮފީ އާއި ސެޓްފިކެޓް

3 ވަނަ -/4000ރ، ޓްރޮފީ އާއި ސެޓްފިކެޓޢ

މުޅިމުބާރާތުން 1 ވަނަ -/25000ރ، ޓްރޮފީ އާއި ސެޓްފިކެޓް

2 ވަނަ -/15000ރ، ޓްރޮފީ އާއި ސެޓްފިކެޓް

3 ވަނަ -/10000ރ، ޓްރޮފީ އާއި ސެޓްފިކެޓް 

މި މުބާރާތުގައި ބައިވެރި ވުމުގެ އެންމެ ފަހު ތާރީހަކީ 20 މާރޗް 2022 އެވެ. މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު އަދި މި މުބާރާތާއި ބެހޭ އުސޫލުތަށް މާލޭ ސިޓީ ކައުންސިލުގެ ވެބްސައިޓުން ޑައުންލޯޑު ކުރެވެން ހުންނާނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ