- Advertisement -ad image

ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ ހުކުރު ދުވަހު މުޅިރާއްޖޭގައި އިހުތިޖާޖު ކުރަނީ

ad image

ގުޅުންހުރި ލިޔުންތައް

އިދިކޮޅު ލީޑަރު ރައީސް ޢަބްދުﷲ ޔާމީނުގެ މައްޗަށް ކުރި 2 ދައުވާ ސާބިތުވާކަމަށް ކަނޑައަޅައި އެމަނިކުފާނު 11 އަހަރަށް ޖަލަށްލާފައިވާތީ އެމަނިކުފާނު މިނިވަންކުރަން ގޮވައިލާ އަންނަ ހުކުރުދުވަހު މުޅި ރާއްޖޭގައި އިހުތިޖާޖުކުރަން އިދިކޮޅު އިއްތިހާދުން ނިންމައިފިއެވެ.
މިއަދު ޕީޕީއެމް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީންވަނީ އަންނަ ހުކުރުދުވަހު މި ބޮޑު ހަރަކާތް ބާއްވަން ނިންމާފައިވާކަން އިއުލާނުކޮށްފައެވެ.
ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ) ވިދާޅުވީ ރައީސް ޔާމީން މިނިވަންކުރަން ގޮވައިލާ ހަރަކާތުގައި އިދިކޮޅު ޕާޓީތަކުގެ މެންބަރުންނާއި ރައީސް ޔާމީނަށް ހެޔޮއެދޭ ގިނަ ބަޔަކު ބައިވެރިވާނެ ކަމަށެވެ.
އަދި ޖަލުން މިނިވަންވެވަޑައިގަތުމާއެކު ރައީސް ޔާމީން ޤައުމު ސަލާމަތްކުރެއްވުމަށް ފެއްޓެވި ހަރަކާތް ކުރިއަށް ގެންގޮސް އެ މަސައްކަތުގައި ސާބިތުވެ ތިބުމަށް އިދިކޮޅު އިއްތިހާދަށް ތާއީދުކުރައްވާ އާންމުންގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށް އަދުރޭ ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ