- Advertisement -ad image

ރޭގެ މުޒާހަރާއިން 21 މީހުން ހައްޔަރުކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

އިދިކޮޅު ލީޑަރު ރައީސް އަބްދުالله 11 އަހަރަށް ޖަލަށްލުމަށް ހުކުމް ކުރުމާ ގުޅިގެން ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން ރޭގެ މުޒާހަރާއިން 21 މީހުން ހައްޔަރުކޮށްފިއެވެ.

ހައްޔަރުކުރި މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދުވެސް ހިމެނެއެވެ. ނަމަވެސް ހައްޔަރު ކުރިތާ ދޮޅުގަޑިއެއްހާއިރު ފަހުން ވަނީ މެންބަރު ސައީދު ދޫކޮށްލާފައެވެ.

އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީގެ ލީޑަރޝިޕްގައި ހިމެނޭ ގިނަ ބޭފުޅުންތަކެއް ވަނީ ރޭގެ މުޒާހަރާގައިވެސް ބައިވެރިވެވަޑައިގެންފައެވެ. މުޒާހަރާގެ ބައިވެރިން ގޮވަމުންދަނީ ނުހައްގުން ޖަލަށްލާފައިވާ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ދޫކޮށްލެއްވުމަށެވެ.

ރައީސް ޔާމީން ، 11 އަހަރަށް ޖަލަށް ލުމަށް، މިމަހުގެ 25 ވަނަ ދުވަހު ދަށު ކުރުމިނަލް ކޯޓުން ކުރެއްވި ޙުކުމާ ގުޅިގެން، އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލައި، ޕީޕީއެމް-ޕީއެންސީގެ ކޯލިޝަނުން ދަނީ އިޙްތިޖާޖު ކުރަމުންނެވެ.

ރައީސް ޔާމީން މިނިވަން ކުރަންދެން، ހުއްޓައިނުލާ މުޒާހަރާތައް ކުރިއަށް ގެންދިޔުމަށް އިދިކޮޅުން ވަނީ ނިންމައިފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ