- Advertisement -ad image

ރިޔާސީ އިންތިހާބުގައި އެމްޑީޕީއަށް އެންމެ މޮޅު ގޮތަކީ އަޅުގަޑު ވާދަކުރުން: ރައީސް ސޯލިހު

ad image

ގުޅުންހުރި ލިޔުންތައް

2023ވަނަ އަަހރު ބާއްވާ ރިޔާސީ އިންތިހާޞުގައި އެމްޑީޕީއަށް އެންމެ މޮޅު ގޮތަކީ އެމަނިކުފާނު އެ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރުން ކަމަށް ރައީސް އިބްރާހިމު މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެތައް ދުވަހަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ސަންގު ޓީވީއިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވާ ރައީސް ސޯލިހު ވިދާޅުވީ، އެމްޑީޕީގެ ޕްރައިމަރީގައި އެމްނިކުފާނު ވާދަކުރައްވަނީ އެއީ އެމްޑީޕީއަށް މޮޅު ގޮތް ހޯދައިދޭން ކަމަށާ އެގޮތުން އެމްޑިޕީއާ މެދު ކޯލިޝަންއަށް އޮތް ޔަގީންކަންވެސް ދެމެހެއްޓެވީ އެމަނިފާނުގެ މަސައްކަތްޕުޅުން ކަމަށްވުމުން ދެންވެސް ރިޔާސީ އިންތިހާޞުގައި އެކުގައި ނުކުމެ ކާމިޔާބީ ހޯދަން ފަސޭހަފުޅުވާނީ ހުދު އެމަނިކުފާނުއަށް ކަމަށް ގަބޫލުކުރެވޭތީ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.

” އަޅުގަޑު މިދަނީ ވައުދުތައް ފުއްދަމުިން. ރައޔިތުންނަށް ހެޔޮ ގޮތް ހޯދައިދެމުން. ދެން ވެސް ރާއްޖޭގައި އެކަނި ގިނި ކަންޏާ ނުކުމެ އެއްވެސް ޕާޓީއަކަށް އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށް ގަބޫލުކުރަން އުނދަގޫ. އެހެންކަމުން 2023ވެސް އެމްޑީޕީއަށް ލިބެން އޮތީ މިހާރުވެސް މިއޮތް ކޯލިޝަންއާ އެކު ކުރިއަށް ގޮސްގެން ކަމަށްވެފައި އެކޯލިޝަންއަށް އަޅުގަޑުއަށް އޮތ އިތުބާރު ބޮޑުވާނެކަން ޔަގީން” ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ ވަކި މީހަކު ޖަލަށް ލައިގެން އިންތިހާބު ބާއްވަން ނުވިސްނާކަމަށާ ޝަރުތު ހަމަވާ ކޮންމެ މީހަކަށްވެސް ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނެ ކަމަށެވެ.

ބެލެވޭ ގޮތައު ރައީސް ސޯލިހު އެ އިޝާރާތްކުރެއްވީ ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެންސީއަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ