- Advertisement -ad image

ރައީސް ޔާމީން މިނިވަންކޮށް ރައީސްކަމަަށް ގެނައުމަށް ސެނަޓުން ގަރާރެއް ފާސްކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

ޕީޕީއެމްގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަގުތުން މިނިވަންކޮށް، ރާއްޖޭގެ ރައީސްކަމަށް އިންތިހާބުކުރަން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރަން ގޮވާލައި ޕީޕީއެމާއި ޕީއެންސީގެ ސެނެޓުން ގަރާރެއް ފާސްކޮށްފި އެވެ.

ރޭ ސެނެޓުން މި ގަރާރު ފާސްކޮށްފައި މިވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން މިދިޔަ އާދީއްތަދުވަހު 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނިކޮށެވެ.

ޕީޕީއެމާއި ޕީއެންސީގެ 89 ސެނެޓަރުންގެ ވޯޓުން ފާސްކުރި ގަރާރުގައި ބުނީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޔާމީނަށް ޖަލު ހުކުމެއް އިއްވާފައި ވަނީ “ޖާނީ ދުޝްމަނުން މެދުވެރިކޮށް ފާސިގު ހެކި އުފައްދައިގެން” ކަަމަށެވެ. އެއީ އިސްލާމީ ޝަރީއާ އާއި ގާނޫނުތަކާ ވެސް ޚިލާފު ހުކުމެއް ކަމަށް ގަރާރުގައި ބުންޏެވެ. އަދި އެ ހުކުމް ބާތިލްކޮށް ޔާމީނަށް ދެމުންދާ އަނިޔާ ހުއްޓުވަން ކޯލިޝަންގެ ހުރިހާ މެމްބަރުން މަސައްކަތްކުރަން ގަރާރުގައި ގޮވާލި އެވެ.

ގަރާރުގައި ބުނީ ޔާމީނަށް އަނިޔާދިނުމާ އެކު ގާނޫން އަސާސީން އިމެއް ނެތި ކަށަވަރުކޮށްދީފައިވާ ހިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ސަރުކާރުން ހިސޯރުކުރަމުންދާ ކަަމަށެވެ. ހަޅުތާލުކުރުމާއި އެއްވެ އުޅުމުގެ ހައްގު ބޭނުންކުރިޔަ ނުދޭން ސަލާމަތީ ބާރުތައް ލައްވައި ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް މީހުންނަށް ޖިސްމާނީ އަނިޔާދީ، ހައްޔަރުކުރަމުންދާ ކަމަށް ވެސް ގަރާރުގައިވެ އެވެ.

މިނިވަން މުއައްސަސާތަކުގެ ބާރު ކަނޑުވާލައި ޕެރަލައިޒްކޮށްފައިވާ ކަމަށް ތުހުމަތުކޮށްފައިވާ މި ގަރާރުގައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިސްތިއުފާދިނުމަށާއި ޔާމީން މިނިވަންކުރަން ބަޔާންތައް ނެރުމަށާއި މުޅި ރާއްޖޭގައި އިހްތިޖާޖްކުރަން ގޮވާލާފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ