- Advertisement -ad image

2 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

ބްރެޒިލްއިން ރާއްޖެ އައި މީހެއް ދެ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު އަތުލައިގެންފި އެވެ.

މިމަހުގެ 24 ވަނަ ދުވަހު އެއާޕޯޓުން ހައްޔަރުކޮށްފައިވަނީ ސްވިޒަރލޭންޑްގެ ރައްޔިތެކެވެ. 59 އަހަރުގެ މި ފިރިހެން މީހާގެ ޢަމަލުތައް ހުރިގޮތުން އެމީހާއާއި މެދު ޝައްކުކުރެވިގެން، އޭނާގެ ލަގެޖް ކަސްޓަމްސް އިން ބަލައި ފާސްކުރިއިރު، ލަގެޖުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ވަނީ ފެނިފަ އެވެ.

މިމީހާ ކޮކެއިންއަށް ޕޮޒިޓިވްވެފައިވާއިރު އޭނާގެ އަތުން ވަނީ 2.198 ކިލޯގެ މަސްތުވާތަކެތި ވެސް ފެނިފަ އެވެ.

މިމައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ މަގުމަތީ އަގު 7,700,000.00 (7 މިލިއަން 7 ލައްކަ) ރުފިޔާއަށް އަރައެވެ. އަދި މިމައްސަލައިގައި ޝާމިލްވާ މިހާ އާއި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ ދިވެހި ފުލުހުންގެ ޚިދުމަތާއި ޙަވާލުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ