- Advertisement -ad image

ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ މުޅި ރާއްޖޭގައި އަޑު އުފުލައިފި

ad image

ގުޅުންހުރި ލިޔުންތައް

އިދިކޮޅު ރިޔާސީ ކެންޑިޑޭޓު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިނިވަން ކުރަން ގޮވާލައި މުޅި ރާއްޖޭގެ ރައްޔިތުން އަޑު އުފުލައިފިއެވެ.

މު މުޒާހަރާ އެންމެ ބޮޑުކޮށް ކުރިއަށް ގެންދިޔައީ މާލޭގައެވެ. މާލޭގެ ޕީޕީއެމް އޮފީސް ކުރިމަތިން މި މުޒާހަރާ ފެށިއިރު މި މުޒާހަރާގައި އިދިކޮޅު ކޯލިޝަންގެ އިސް ސަފުގައި މަސައްކަތް ކުރަމުންދާ ފަރާތްތަކުން ބައިވެރިވެފައިވެއެވެ.

ފުލުހުންގެ އެއްބާރުލުމާއިއެކު ފަށާފައިވާ މިހިނގާލުން ނިންމާނީވެސް ޕީޕީއެމް އޮފީސް ކައިރިއަށެވެ.

ހިނގާލުމުގައި ބައިވެރިވާ މީހުން ތިބީ ޤައުމީ ދިދަ ހިފައިގެންނެވެ. ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލާ ޝިއާރުތައް ލިޔެފައިވާ ޓީޝާޓު ލައިގެން ތިބެ ގިނަ ބަޔަކުވަނީ އެމީހުންގެ ޝުއޫރުތައް އަޑުހަރުކޮށް ސަރުކާރަށް އިއްވާފައެވެ.

ވ. އާރަށް ކުއްޔަށް ދިން މައްސަލައިގައި ދައުލަތުން އުފުލި ރިޝްވަތު ގަބޫލު ކުރުމާއި މަނީ ލޯންޑްރިން ދައުވާ ސާބިތުވާ ކަމަށް މި ސަރުކާރުން ކަނޑައަޅާ އެމަނިކުފާނުގެ މައްޗަށް 11 އަހަރުގެ ހަރާން ޖަލު ހުކުމެއް އިއްވާފައި ވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ. އެ ހުކުމާ ގުޅިގެން އެމަނިކުފާނު މިވަގުތު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ ކ. މާފުށީ ޖަލުގައެވެ.

ޕީޕީއެމްއިން މައުލޫމާތު ދޭ ގޮތުގައި މިފަދަ މުޒާހަރާތައް އަދިވެސް އިތުރަށް ބާއްވާނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ