- Advertisement -ad image

ދިވެހިންގެ އަޑަކީ ރައީސް ޔާމީންގެ ނަންފުޅު ނެތި ރިޔާސީ އިންތިހާބު ބާއްވަން ފުރުސަތު ނުދޭނަމޭ: އަބްދުއްރަހީމު

ad image

ގުޅުންހުރި ލިޔުންތައް

ދިވެހިންގެ އަޑަކީ ރައީސް އަބްދުﷲ ޔާމީންގެ ނަންފުޅު ނެތި ރިޔާސީ އިންތިހާބު ބާއްވަން ފުރުސަތު ނުދޭނަމޭކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމު އަބދުﷲ ވިދާޅުވެއްޖެއެވެ.

އަބްދުއްރަހީމު މިހެން ވިދާޅުވީ ރައީސް ޔާމީން ކުރި ހަރާން ހުކުމުން އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލާ މުޅި ރާއްޖޭގައި މިއަދު ބޭއްވި ސަބަބުވެރި ހިނގާލުމުގައި މާލެ ސިޓީއިން ބައިވެރިވި ރައްޔިތުންނާ މުހާތަބުކުރައްވާ ދެއްކެވި ވާހަކައިގައެވެ.

ވިދާޅުވީ ރައީސް ޔާމީނަކީ މިސަރުކާރުން އެންމެ ޖެހިލުންވާ ސިޔާސީ ލީޑަރުކަމަށެވެ. ސިޔާސީ މަގްސަދުތަކެއް ހާސިލް ކުރުމަށް ރައީސް ޔާމީނަށް މިސަރުކާރުން އެކި ފަހަރު މަތީން އަނިޔާ ދެމުންދާކަމަށް އަދުރޭ ވިދާޅުވިއެވެ.

ސިޔާސީ ހަގީގަތަކީ މިއަދު ރާއްޖޭގެ އެންމެ ތާއީދު ބޮޑު ލީޑަރަކީ ރައީސް ޔާމީން ކަމަށާއި، ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނާއި ވާދަކުރުމަކީ މިސަރުކާރަށް ހަޖަމް ކުރެވޭނެ ކަމެއް ނޫންކަމަށް އަދުރޭ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިއަދު މުޅި ރާއްޖޭގައި ރައްޔިތުން އުފުލާ އަޑަކީ ރައީސް ޔާމީން މިނިވަންކޮށް ރިޔާސީ އިންތިޚާބުގައި ވާދަކުރެވޭނެ މަގު އެމަނިކުފާނަށް ތަނަވަސް ކޮށް ދެއްވުންކަމަށެވެ.

ރައްޔިތުން ބޭނުންވަނީ ޤައުމަށް ޚިދުމަތް ކުރެވޭ، އިހުލާސްތެރި ވެރިއެއް ކަމަށާއި، ވަކި ޤައުމެއްގެ އަޅުވެތިކަމަށް ގޮސް ވެއްޓޭ ވެރިއަކަށް ދެވަނަ ދައުރެއް ދިނުމަކީ ރައްޔިތުން އެދޭނެ ގޮތެއް ނޫންކަމަށެވެ. ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި މިހިނގާލުމުގައި އަދުރޭ ވިދާޅުވީ ރައީސް ޔާމީނަށް ނުހައްގުން ކޮށްފައިވާ ހުކުމް ބާތިލްކޮށް އެމަނިކުފާނާއިއެކު ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ބޮޑުތަނުން ކާމިޔާބު ކުރެވޭތަން ފެންނަ ކަމަށެވެ. އަދި ރައްޔިތުން ތިބީ ރައީސް ޔާމީންގެ ނަންފުޅު ނެތް އިންތިޚާބަކަށް ޖާގަދޭ ގޮތަކަށް ނޫންކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވަނީ އޭނާގެ ވާހަކައިގައި ފަނޑިޔާރުންނަށްވެސް އިލްތިމާސެއްކޮށްފައެވެ. އެގޮތުން ކޮންމެ ފަނޑިޔާރަކުވެސް ހުކުމް ކުރެއްވުމުގައި އަދުލުވެރިކަމާއިއެކު ހުކުމް ކުރެއްވުމުގައި ދެމިހުންނެވުމަށް ވަނީ އިލްތިމާސް ކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ