- Advertisement -ad image

ގޮތް ނޭނގޭ ފަތްތަކެއް ކަނޑޫދޫ ގޮނޑުދޮށަށް ލައްގައިފި

ad image

ގުޅުންހުރި ލިޔުންތައް

ގޮތް ނޭނގޭ ފަތްތަކެއް ތ. އޮޅުފުށިފިނޮޅާއި ކަނޑުދޫ ގޮނޑުދޮށުން ފެނިއްޖެއެވެ.  

ފުލުހުން ބުނީ، ތ. އޮޅުފުށިފިނޮޅު ގޮނޑުދޮށުން ގޮތް ނޭނގޭ ފަތްތަކެއް ފެނިފައިވާ ކަމަށް ރިޕޯޓް ކޮށްފައި ވަނީ ހޯމަ ދުވަހުގެ ވަގުތެއްގައި ކަމަށެވެ. އަދި ތ. ކަނޑޫދޫ ގޮނޑުދޮށުން ހަމަ އެފަދަގޮތަކަށް ބަންދުކޮށްފައި ހުރި ގޮތް ނޭނގޭ ފަތްތަކެއް ފެނިފައިވާ ކަމަށް މިއަދު ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

ފުލުހުން އިތުރަށް ބުނީ އެ ފަތްތައް ތަހުލީލު ކޮށް ދެނެގަތުމަށް ކުރަން ޖެހޭ މަސައްކަތް ކުރަމުން އަންނަ ކަމަށާ މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަންވެސް ބަލަމުން އަންނަ ކަމަށެވެ.

މި ދެ ރަށުގެ ގޮނޑުދޮށުން ފެނުނު ހިކި ފަތްތައް ވަނީ ޕްލާސްޓިކް ކަޅުކޮތަޅުގައި ބަންދޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ