- Advertisement -ad image

އެއްވެސް މީހެއްގެ އަޅަކަށް ނުވާނަން، ނިކުމެ މިހުރީ އިންތިހާބު ކާމިޔާބުކުރަން: ރައީސް

ad image

ގުޅުންހުރި ލިޔުންތައް


އިންތިހާބުތައް ކާމިޔާބުކޮށް ވެރިކަން ކުރުމުގައި ކުރިއަށް ދިއުމަށް ނަސޭހަތާއި ލަފާ ދިނުމުގެ ފުރުސަތު ކޮންމެ މީހަކަށްވެސް އޮންނާނެ ކަމަށާއި އެހެންނަމަވެސް އެއްވެސް މީހެއްގެ އަޅަކަަށްވެ ވަޑައިނުގަންނަވާނެކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނުގައި ރައީސް ޞާލިހް ބައިވެރިވެވަޑައިގެން ބޭއްވެވި ފުރަތަމަ ޖަލްސާގައި، ނުސީދާ ގޮތެއްގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ވަރުގަދަ ރައްދެއް ދެއްވައިފައެވެ.
ރައީސް ސާލިހު ވިދާޅުވީ، ކަންކަން ނިންމުމުގައި އެހެން މީހެއްގެ ނުފޫޒަށް ނުގުޑާނެކަމަށާއި އެ މަނިކުފާނަކީ ރައްޔިތުންނާއި އެންމެންގެ އަޑުއަހާ ބޭފުޅަކަށް ވެވަޑައިގަންނަވާނެކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ ސަރުކާރު ފެށުމާއެކުގައި ކޮންމެ ދުވަހަކު ސަރުކާރަށް ދަތި ކުރުމާއި އުނދަގޫ ކުރުމާއި ސަރުކާރާމެދު ނަފްރަތު އުފެއްދުމަށްޓަކައި އެމްޑީޕީ ތެރެއިން ބަޔަކު ގެންދެވީ މަސައްކަތް ކުރައްވަމުންނެވެ. އެއީ ހަގީގަތް ކަމުގައި ވިދާޅުވެ އެކަން ހުއްޓަވާލައްވާފައި އެމަނިކުފާނާއެކު ވަޑައިގެންނެވުމަށް ދައުވަތުވެސް ދެއްވިއެވެ.
މިމަހުގެ 28 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިންގެ ފޯރި ވަނީ ގަދަވެފައެވެ. މާލެ އާއި އަތޮޅު ތެރޭގައިވެސް ކެމްޕެއިން ހަރަކާތްތައް ފޯރިއާއިއެކު ދަނީ ކުރިއަށެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ