- Advertisement -ad image

ދިވެހިވަންތަ ދައުލަތެއް އޮތްކަމަށް ދިވެހި ރައްޔިތުންނަށް އިހުސާސެއް ނުކުރެވޭ: ސައީދު

ad image

ގުޅުންހުރި ލިޔުންތައް


ސިފައިންނާއި ފުލުހުންގެ އެހީގައި ވެރިކަން ހިންގިޔަސް، ދިވެހިވަންތަ ދައުލަތެއް އޮތްކަމަށް ދިވެހި ރައްޔިތުންނަށް އިހުސާސް ނުކުރެވޭ ކަމަށް ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ކްރިމިނަލް ކޯޓުން ރައީސް ޔާމީނުގެ މައްޗަށް މިދިޔަމަހު އިއްވި ހުކުމާ ދެކޮޅަށް އިދިކޮޅުން ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ، އިދިކޮޅުން ނުކުމެ ތިބީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބަލިކޮށް، އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއެކު ރާއްޖޭގެ ވެރިކަމާ ހަވާލުވުމަށް ކަމަށެވެ.
ސައީދު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަން ނިމުނު އިރު ރާއްޖޭގެ ރިޒާވްގައި އެއް ބިލިއަން ޑޮލަރު ހުރި ކަމަށާއި ނަމަވެސް ތައުލީމެއް ނެތް މީހަކަށް ގައުމު ހިންގަން ހަވާލުކުރުމުން ގައުމުގައި ހުރި ވަކިލާރިކޮޅުވެސް ހުސްކޮށްފި ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ