- Advertisement -ad image

ބޭނުންމީހަކު ކާފިރުވެގަންނާށޭ އޮތް ބަސްފުޅަކީ ގަދަފަދަ އަޒާބު އެބަޔަކަށް ހުރިކަމުގެ އިންޒާރު ކުރެއްވުމުގެ ބަސްފުޅެއް: ހުތުބާ

ad image

ގުޅުންހުރި ލިޔުންތައް

ބޭނުންމީހަކު ކާފިރުވެގަންނާށޭ އޮތް ބަސްފުޅަކީ ގަދަފަދަ އަޒާބު އެބަޔަކަށް ހުރިކަމުގެ އިންޒާރު ކުރެއްވުމުގެ ބަސްފުޅެއް ކަމަށާއި މިއީ ބިރުވެތިވާންޖެހޭ ކަމެއް ކަމަށް ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ހުތުބާ އަމާޒުކޮށްފައިވަނީ “ އަޅުތަކުން ރުޖޫއަވާހުށީ، الله ގެ ހަސްރަތަށެވެ “.
ހުތުބާގައި ވަނީ އެކަލާނގެ އަޅުތަކުންނަށް ދެ މަގެއް ބަޔާންކޮށްދެއްވާފައިވާ ކަމާއި އެއީ ހެޔޮކަމުގެ މަގާއި ނުބައިކަމުގެ މަގުކަން ބަޔާންކޮށް ތަފްސީލް ހިމަނާފައެވެ.

ކީރިތި ގުރުއާނުގައި އެތައް ފަހަރެއްގެ މަތިން ތަކުރާރު ކުރައްވައި، ތެދުމަގު ބަޔާންކޮށް ދެއްވާފައިވެއެވެ. ހަމައެފަދައިން ނުބައިމަގު އިހުތިޔާރު ނުކުރުމަށާއި އެމަގު އިހުތިޔާރު ކޮށްފި ބަޔަކަށް ކުރިމަތިވެދާނެ އަޒާބަކަށް އިންޒާރު ކުރެއްވުން ނުހަނު ގިނަގިނައިން ތަކުރާރު ކުރައްވާފައިވެއެވެ.
އެހެންކަމުން ވިސްނުމުގެ ބާރު އިންސާނުންނަށް އެކަލާނގެ ދެއްވާފައިވެއެވެ. އެހެންކަމުން ބޭނުންމީހަކު ކާފިރުވެގަންނާށޭ އޮތް ބަސްފުޅަކީ ގަދަފަދަ އަޒާބު އެބަޔަކަށް ހުރި ކަމުގެ އިންޒާރު ކުރެއްވުމުގެ ބަސްފުޅެކެވެ. ބިރުވެތިވާންޖެހޭ ކަމެކެވެ. އިންސާނާ الله އަށް އީމާންވަނީ އޭނާގެ އަމިއްލަ އިހުތިޔާރުންނެވެ. އީމާންވުމުގެ ފައިދާހުރީ ހަމައެމީހަކަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ