- Advertisement -ad image

11 ކިލޯގެ މަސްތުވާތަކެއްޗާއެކު ހަތަރު މީހުން ހައްޔަރުކޮށްފި

ad image

ގުޅުންހުރި ލިޔުންތައް


މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގައި 11 ކިލޯގެ މަސްތުވާތަކެއްޗާއެކު 4 މީހަކު ހައްޔަރުކޮށްފިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފުލުހުން ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގައި މާލޭގެ ހަތަރު ތަނެއް އަދި ހުޅުމާލޭގެ ތަނެއް ބަލާފާސްކޮށްފައި ވާ ކަމަށެވެ.
އެގޮތުން މި އޮޕަރޭޝަނުގައި 11.26 ކިލޯގެ ކެނަބިސް އަތުލައިގަނެ ހަތަރު މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި ޓުވީޓާއެކު ސީޕީ ހަމީދު ހިއްސާކުރެއްވި ފޮޓޯގައި މަސްތުވާތަކެތި އަޅާފައިހުރީ ޖޫސްޕެޓީ ކޮތަޅުތަކަކަށެވެ. އަދި ފިލްމް ހުސްކުރި ގިނަ އަދަދެއްގެ ދަޅުވެސް ހުއްޓެވެ. ފިލްމް ހުސްކުރި ދަޅަކީ މަސްތުވާތަކެތި އެއްތަނުން އަނެއް ތަނަށް އުފުލުމުގައި އާއްމުކޮށް ބޭނުންކުރާ އެއްޗެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ