- Advertisement -ad image

ފިޔޯރީ ސްކޫލްގެ ބާ އިމާރާތުގައި ރޯވެ އަނދަނީ

ad image

ގުޅުންހުރި ލިޔުންތައް

ގދ ފިޔޯރީ ސްކޫލްގެ ބާ އިމާރާތުގައި ރޯވެ އަނދަން ފަށައިފިއެވެ.

ފުލުހުން ބުނީ ގދ ފިޔޯރީ ސްކޫލްގެ ބާ އިމާރާތުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމަށް މިއަދު 17:20 އެހާކަންހާއިރު ފުލުހުންނަށް މައުލޫމާތުލިބިފައިވާ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ހާދިސާ ހިނގާފައިވަނީ ސްކޫލް ބަންދުވަގުތެއްގައި ކަމަށާއި އެހެންކަމުން އެއްވެސް މީހަކަށް އަދި ކުއްޖަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށެވެ.

މިހާދިސާ ހިނގުމަށް މެދުވެރިވި ސަބަބަކީ ކަރަންޓް ފޮށީގައި ރޯވެގެން ކަމަށާއި އަލިފާން ރޯވެފައި ވަނީ އެ ސްކޫލުގެ ބާ އިމާރާތެއްގައި ކަމަށް އެރަށުން ވާހަކަދެއްކި ބައެއް މީހުން ބުނެފައިވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން އިތުރަށް ބުނީ އަލިފާން ރޯވި އިމާރާތުގައި 5 ކްލާސްރޫމް ހުންނަ ކަމަށާއި އެތަނުން 3 ކްލާސްރޫމްގައި މިހާރު ވެސް ކުދިންނަށް ކިޔަވައިދޭ ކަމަށެވެ. އެހެންކަމުން ސްކޫލްގެ ކިޔެވުން ހުއްޓާނުލާ ކުރިއަށް ގެންދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ސްކޫލާއި މިނިސްޓްރީއާއި ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ