- Advertisement -ad image

ނީލަންފިހާރައިގެ އަލިފާނުގެ ހާދިސާ އާއި ގުޅިގެން 200 އަށްވުރެ ގިނަ ބިދޭސީން ހާލުގައި ޖެހިއްޖެ

ad image

ގުޅުންހުރި ލިޔުންތައް


މާލެ ސިޓީ ނީލަން ފިހާރައިގާ މިއަދު ހިނގި އަލިފާނުގެ ހާދިސާ އާއި ގުޅިގެން 250 ބިދޭސީން ހާލުގައި ޖެހިއްޖެއެވެ.
ނެޝަނަލް ޑިސާސްޓަރ މެނޭޖުމަންޓު ސެންޓަރުން ބުނީ މި ހާދިސާގައި ހާލުގައި ޖެހުނު ބިދޭސީން މިހާރުތިބީ އިމާދުއްދީން ސްކޫލުގައި ކަމަށެވެ. އަދި ސިޓީ ކައުންސިލްއާއި ދިވެހި ރެޑްކްރެސެންޓް ގުޅިގެން، ހާދިސާގެ އަސަރު ކުރި ލޭބާ ކުއާޓާސްތަކުގައި ދިރިއުޅުނު ބިދޭސީންގެ މައުލޫމާތު ދެނެގަތުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށްވެސް އެ އޮތޯރިޓީން ހާމަކުރެއެވެ.

ހާލުގައި ޖެހުނު ބިދޭސީން އަކީ ނީލަން ފިހާރައާއި އިންވެގެން ހުންނަ މާލެ ސިޓީ ކައުންސިލްގެ އެކޮމަޑޭޝަން ބްލޮކްގައި ދިރިއުޅޭ ކައުސިންލްގެ މުވައްޒަފުންނެވެ. މި އެކޮމޮޑޭޝަން ބްލޮކްގައި ގިނައީ ބަންގްލަދޭޝްގެ ރައްޔިތުންނެވެ.

މާލެ ސިޓީގެ މުވައްޒަފުން މިވަގުތު ތިބި އިމާދުއްދީން ސްކޫލަށް މޭޔަރު ޑރ މުއިއްޒުވެސް ވަނީ ޒިޔާރަތް ކުރައްވާ ހާލު ބައްލަވާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ