- Advertisement -ad image

ނީލަންފިހާރަ އަލިފާނުގެ ހާދިސާ: އިމާދުއްދީން ސްކޫލްގެ ހެނދުނު ދަންފަޅީގެ ކިޔެވުން ކެންސަލް

ad image

ގުޅުންހުރި ލިޔުންތައް

ނީލަން ފިހާރައިގާ ރޯވުމާއި ގުޅިގެން އިމާދުއްދީން ސްކޫލްގެ ހެނދުނު ދަންފަޅީގެ ކިޔެވުން ކެންސަލްކޮށްފިއެވެ.
މިއަދު ފަތިހު މާލެ ސިޓީ ނީލަން ފިހާރައިގާ ރޯވި އަލިފާން މުޅިން ނިވާލެވިފައި ނުވާތީ އިމާދުއްދީން ސްކޫލްގެ ހެނދުނު ދަންފަޅީގެ ކިޔެވުން ނޯންނާނެ ކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ހާމަކުރެއެވެ.
އަދި އިއްޒުއްދީން ސްކޫލްގެ ހެނދުނު ދަންފަޅީގެ ކިޔެވުން ފަށާނީ ލަހުން ކަމަށް ވެސް މިނިސްޓްރީން ހާމަކުރެއެވެ.
ނީލަން ފިހާރައިގާ އަލިފާން ރޯވުމާ ގުޅިގެން ހާލުގައި ޖެހުނު 200 އަށްވުރެ ގިނަ ބިދޭސީ މަސައްކަތްތެރިންވެސް ބައިތިއްބާފައި ތިބީ އިމާދުއްދީން ސްކޫލްގައެވެ.


އެ ސްކޫލްގެ މެންދުރުފަހު ދަންފަޅީގެ ކިޔެވުން ވެސް މިހާރު ވަނީ ކެންސަލްކޮށްފައެވެ. މިނިސްޓްރީން ބުނީ އިމާދުއްދީން ސްކޫލް މިވަގުތު ބޭނުން ކުރަމުންދަނީ ބިދޭސީ މަސައްކަތްތެރިންގެ ވަގުތީ ބޯހިޔާވައްސެއްގެ ގޮތުގައި ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ