- Advertisement -ad image

ރާއްޖޭގައި މި ފަހުން ހިނގާފައިވާ އަލިފާނުގެ ހާދިސާތަކަށް ހާއްސަ ތަހުގީގެއް ކުރަނީ

ad image

ގުޅުންހުރި ލިޔުންތައް

މާލެ އާއި އަތޮޅު ތެރޭގައި މިފަހުން ހިނގާފައިވާ އަލިފާނުގެ ހާދިސާތައް ތަހުޤީގުކުރުމަށް ހާއްސަ ތަހުޤީގެއް ފަށާފައިވާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ. 

ސީޕީ މިގޮތަށް ވިދާޅުވީ މިއަދު މާލޭގައި ހުންނަ ނީލަން ފިހާރާާއިގައި ރޯވެ އަނދަމުން ދަނިކޮށް ކުރެއްވި ޓްވީޓެއްގައެވެ. ސީޕީ ހަމީދުވަނީ މި ހާދިސާތައް ތަހުޤީގުކުރުމުގައި ރައްޔިތުންގެ އެހީތެރިކަން ބޭނުންވާކަން ފާހަގަކުރައްވާ އެކަމަށް އެދިވަޑައިގެންފައެެވެ. 

މާލޭގެ ދެކުނު ފަރާތުގެ ކުރީގެ ކުނި ކޮއްޓާއި އިންވެގެން ހުނަ ނީލަން ފިހާރައަކީ ގިނަ އަދަދެއްގެ ލަކުޑިއާއި ފިލާގެ އިތުރުން ޕްލާސްޓިކް ހުންނަތަނެކވެ. މިތަނުގައި ރޯވި އަނަދަމުން ދިޔައިރު ބާރު އަޑުފައްގަޑާއިއެކު އެއްޗެހިތަކެއް ގޮވަމުން ދިޔަ އަޑުއިވިފައިވެއެވެ. 

މިދިޔަ ނޮވެމްބަރުމަހުގެ 09 ވަނަދުވަހުގެ ރޭ މ . ނިރުފެހި ގޭގެ ތިރީގައި ހުރިި ގަރާޖެއްގައި ރޯވެ 10 މީހެެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. މި ހާދިސާގައި ނިޔާވެފައިވަނީ ހުސް ބިދޭސީންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ