- Advertisement -ad image

ލޮލު ރޯގާ ފެތުރޭ މިންވަރު އިތުރުވާތީ ސަމާލުވާން އެދިއްޖެ

ad image

ގުޅުންހުރި ލިޔުންތައް


މިދުވަސްވަރު ލޮލު ރޯގާ ޖެހޭ މިންވަރު އިތުރުވަމުން އަންނާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭއިން ބުނީ ލޮލުރޯގާ ފެތުރޭ މިންވަރު ދަނީ އިތުރުވަމުން ކަމަށާއި ބަލީގެ އަލާމާތްތައް ދެނެގަނެ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން ވަރަށް މުހިންމު ކަމަށެވެ.
ލޮލު ރޯގާގެ އަލާމާތްތައް:
ހުން އައުން
ލޮލުން ފެން އައުން
ލޯ ހިރުވުން
ލޮލުގައި މަޑުލުން
ލޯ ރަތްވުން


ލޮލުރޯގާއިން ރައްކާތެރިވުމަށް ގިނައިން ސައިބޯނިލައިގެން އަތް ދޮވުމަށާއި އާއްމުކޮށް އަތްލާ ތަކެއްޗާއި ތަންތަން ސާފުކުރުމަށް އެޗްޕީއޭއިން ބާރުއަޅާފައިވެއެވެ. އަދި ލޮލުގައި އަތްލުމާއި އުނގުޅުމުން ދުރުހެލިވުމާއެކު ބޭނުންކޮށްފައި ހުންނަ ޓިޝޫ ފަދަ ތަކެތި ރައްކާތެރި ގޮތުގައި ނައްތާލުމަށްވެސް އިލްތިމާސްކޮށްފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ