- Advertisement -ad image

ސާލިހްއަކީ މިހާތަނަށް އެންމެ ގިނަ ބަޔަކު ހައްޔަރު ކުރި ރައީސް: ޖަމީލް

ad image

ގުޅުންހުރި ލިޔުންތައް


ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަކީ ރާއްޖޭގެ ތާރީހުގައިވެސް އެންމެ ގިނަ ބަޔަކު ހައްޔަރު ކުރި ރައީސް ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ޑރ ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސް ސާލިހްއަކީ އެހެން އެއްވެސް ވެރިޔަކަށް ނުލިބުނު ފުރުސަތު ލިބި އިސްލާހީ މަސައްކަތަށް އެންމެ ބޮޑަށް ފާޅުގައި ހުރަސްއެޅި ރައީސް ކަމަށެވެ. 2008 ގެ ގާނޫނު އަސާސީ އާއި ޚިލާފަށް ޚިޔާލު ފާޅުކުރުމަށް ހުރަސް އަޅާ ގަރާރު ނެރެ މިހާތަނަށް އެންމެ ގިނަ ރައްޔިތުން ހައްޔަރު ކުރި ރައީސް އަކީވެސް ސާލިހު ކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ.

ޑރ ޖަމީލް މިހެން ވިދާޅުވިއިރު އިދިކޮޅު ލީޑަރު ކުރީގެ ރައީސް ޔާމީން ޖަލަށްލުމާއި ގުޅިގެން އިދިކޮޅު ފަރާތަކުން ކުރަމުންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން ގިނަ ބަޔަކު ކޮންމެ ރެއަކުވެސް ދަނީ ހައްޔަރު ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ