- Advertisement -ad image

އިވްނިން ކެފޭގައި ރޯވި އަލިފާން އެމްއެންޑީއެފުން ނިއްވާލައިފި

ad image

ގުޅުންހުރި ލިޔުންތައް


އޯކިޑް މަގުގައި ހުންނަ “އީވްނިންގ ކެފޭ” ގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ނިއްވާލައިފިއެވެ.

މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް މިއަދު އިރުއޮއްސި 18:12 ހާއިރު ލިބުމާއެކު އެފްއާރުއެސްގެ ފަޔަރމަނުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ވަގުތުން ވަނީ ފަށާފައެވެ.

މިހާދިސާގައި އިވްނިންގ ކެފޭގެ ބަދިގޭގެ އިތުރުން އެތަނުގެ މަތީގައި ހުންނަ އެކޮމޮޑޭޝަން ބްލޮކުގައިވެސް ވަނީ އަލިފާންހިފާ ބޭނުން ނުކުރެވޭވަރަށް ހަލާކުވެފައެވެ. ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަމަނުން ކުރި މަސައްކަތުން އަލިފާން އެއްކޮށް ކޮންޓްރޯލް ކުރެވިފައިވަނީ މިރޭ 19:22 ހާއިރުއެވެ. މި އަލިފާން ރޯވަން މެދުވެރިވި ސަބަބު އަދި މިހާތަނަށް އެނގިފައެއް ނުވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ