- Advertisement -ad image

ރައީސް ޔާމީނަށް އިއްވި ޖަލު ހުކުމާއި ޝަރީއަތުގެ މުޅި ރިޕޯޓް ހޯދަން އިދިކޮޅުން ކޯޓަށް ހިނގައްޖެ

ad image

ގުޅުންހުރި ލިޔުންތައް


އިދިކޮޅު ލީޑަރު، ރައީސް ޔާމީނަށް ކްރިމިނަލް ކޯޓުން އިއްވި ޖަލު ހުކުމާއި އެ މައްސަލައިގެ ޝަރީއަތް ހިނގި ގޮތުގެ މުޅި ރިޕޯޓު ހޯދުމަށް އިދިކޮޅުން ކޯޓަށް ހިނގައްޖެއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ، ކޯޓުގައި ތިބޭތާ ބައިގަޑިއިރު ފަހުން އެ މައުލޫމާތު ނުލިބޭނެ ކަމަށް ކޯޓުން އެންގި ކަމަށާއި އެ ކޯޓުގެ އެއްވެސް އިސް ވެރިޔަކާއި ބައްދަލުވާ ގޮތް މިއަދު ނުވި ކަމަށެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން، ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ކުރި ރިޝްވަތު ހިފުމާއި މަނީ ލޯންޑާ ކުރުމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި އެމަނިކުފާނު 11 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރީ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު އެވެ.

އެ ހުކުމް އިސްތިއުނާފު ކުރުމުގެ މަސައްކަތް ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން އަންނަނީ ކުރަމުންނެވެ. ދަށު ކޯޓުގެ ހުކުމްތައް ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ފަސްދޮޅަސް ދުވަހުގެ މުހުލަތެއް ލިބެ އެވެ.

ނަމަވެސް ހުކުމް ކުރިތާ ދެ ހަފުތާ ވެގެން ދިޔައިރު އަދިވެސް ޝަރީއަތް ނިމުނު ގޮތުގެ ފުރިހަމަ ރިޕޯޓު މަހްޟަރު ބަޔާންތަކާއެކު ދޫކޮށްފައެއް ނުވެ އެވެ. ހައި ކޯޓަށް ފުރިހަމަ އިސްތިއުނާފެއް ހުށަހެޅޭނީ އެ ލިޔެކިޔުން ލިބިގެން ކަމަށް ރައީސް ޔާމީންގެ ވަކީލުން ވަނީ ބުނެފަ އެވެ.

އަދުރޭ ވިދާޅުވީ މައްސަލައިގެ ހުލާސާ ރިޕޯޓުވެސް ފުރަތަމަ ލިބިގެން ދިޔައީ ގާނޫނުގައި ބުނެފައިވާ މުއްދަތު ފަހަނައަޅާ ދިޔަ ފަހުން ކަމަށެވެ. އަދުރޭ ވަނީ އެ ހުރިހާ ކަމެއް ކުރައްވަމުން ގެންދަވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނުފޫޒު ފޯރުވައިގެން ކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި އެއީ ރައީސް ޔާމީނަށް ދެމުން ގެންދާ ވަރަށް ބޮޑު އަނިޔާއެއް ކަމަށް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ