- Advertisement -ad image

ބެންކާއި ހަވާލުކުރާ ފައިސާ ރައްކާތެރިކޮށް ބެލެހެއްޓުމަކީ، ބޭންކްގެ އެންމެ އިސް ޒިންމާ: ރައީސް

ad image

ގުޅުންހުރި ލިޔުންތައް


ބެންކާ ހަވާލުކުރާ ފައިސާ އަމާނާތްތެރިކަމާއި ފަރުވާތެރިކަމާއެކު ރައްކާތެރިކޮށް ބެލެހެއްޓުމަކީ، ބޭންކުގައި އެންމެ އިސް ޒިންމާ ކަމަށާއި އެ އަމާނާތްތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް، ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އިލްތިމާސްކޮށްފިއެވެ.

ރައީސް މިހެން ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސްއަށް، 40 އަހަރު ފުރުމުގެ މުނާޞަބަތުގައި ރޭ ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި ޚާއްޞަ ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ސާލިހު ވިދާޅުވީ ވިޔަފާރިވެރިންނާއި އަދި ޢާންމު ރައްޔިތުންވެސް، އެމީހުން ބުރަ މަސައްކަތުން ހޯދާ ފައިސާ ރައްކާކުރަން ބޭންކާ ޙަވާލުކުރަނީ، ބޭންކާމެދު ވަރަށް ބޮޑު އިތުބާރެއް ކުރާތީ ކަމަށެވެ.
“ ބޭންކް އޮފް މޯލްޑިވްސްއަކީ، މި ބޭންކުގެ ނަމަށް ބަލާއިރުވެސް، ދިވެހިންގެ ވަރަށް ފޮނި އުންމީދުތަކަކާ ގުޅިފައިވާ ބޭންކެކޭ. މިއީ ދިވެހިންގެ ބޭންކް. އެހެންވީމާ، މި ބޭންކުގެ އެންމެ އިސް ޒިންމާއަކަށްވާންޖެހޭނީ، ރައްޔިތުންގެ ހިތުގައި ބޭންކާމެދު އިތުބާރާއި ޔަޤީންކަން އުފައްދައި ދެމެހެއްޓުން.” ރައީސް ވިދާޅުވިއެވެ.
ރައީސް ސާލިހު ވިދާޅުވީ، ވިޔަފާރިވެރިންނަށް މިހާރަށްވުރެ ފަސޭހަ ލުއި ގޮތްތައް ހޯދައިދިނުމަށް ބޭންކުން މަސައްކަތް ކޮށްދިނުމަށް އެދޭ ކަމަށެވެ

ރައީސް އިތުރަށް ވިދާޅުވީ ބޭންކު އޮފް މޯލްޑިވްސްގެ ޚިދުމަތްތައް ފުޅާވެ، ޢުމްރާނީ ތަރައްޤީގައި ވިޔަފާރީގެ ލޯނުތައް ތަޢާރުފް ކުރުމާއެކު، ޢުމްރާނީ ތަރައްޤީގެ ރޮނގުން ކުއްލި ބަދަލުތަކެއް ރާއްޖެއަށް އަންނަން ފެށި ކަމަށެވެ.
އަދި މާލޭގެ ވަރަށް ގިނަ ގޯތިތަކުގައި، ޒަމާނީ ފަރުމާތަކަށް ދިހަ ބާރަ ބުރީގެ ޢިމާރާތްތައް މައްޗަށް އަރަން ފެށި ކަމަށާއި އެ ޢިމާރާތްތަކާއެކު، ވިޔަފާރި ހިންގާނެ ޖާގަތައް އިތުރުވެ، ވިޔަފާރީގެ ފުރުޞަތުތައް އެތައް ގުނައަކަށް ތަނަވަސްގެން ދިޔަ ކަމަށް ރައީސް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ