- Advertisement -ad image

ރައީސް ޔާމީނަށް ލިބިފައިވާ އިސްތިއުނާފު ކުރުމުގެ ހައްގަށް ސަރުކާރުން ވަނީ ހުރަސްއަޅާފައި: ޒޭން ޔާމީން

ad image

ގުޅުންހުރި ލިޔުންތައް


މަތީ ކޯޓުގެ ހުކުމް އިސްތިއުނާފުކުރަން ގާނޫނު އަސާސީއިން ރައީސް ޔާމީނަށް ލިބިވަޑައިގަންނަވާ ހައްގަށް ސަރުކާރުން ވަނީ ހުރަސްއަޅާފައި ކަމަށް އެމަނިކުފާނުގެ ދޮށީ ދަރިކަލުން ޒޭން ޔާމީން ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ކްރިމިނަލް ކޯޓުން 11 އަހަރުގެ ޖަލު ހުކުމެއް ކޮށްފައިވަނީ ހުސްވި ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.
ރައީސް ޔާމީންގެ މައްޗަށް ޖަލު ހުކުމެއް ކޮށްފައިވަނީ ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން އެމަނިކުފާނުގެ މައްޗަށް ދައުލަތުން ކުރި ދެ ދައުވާ ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވާކަމަށް ކަނޑައެޅުމަށްފަހުގަ އެވެ.
ރައީސް ޔަަމީންގެ ފަރާތްޕުަޅުން ވިދާޅުވަމުން ދަނީ އެ ސިޔާސީ ހުކުމެއް ކަމަށާއި އެ ހުކުމް ބަލައި ނުގަންނަ ކަމަށެވެ.

ޒޭން ކުރެއްވި ޓުވީޓުގައި ވިދާޅުވީ ދަށު ކޯޓުން ކުރާ ހުކުމް މަތީ ކޯޓެއްގައި އިސްތިއުނާފުކުރުމުގެ ހައްގަކީ ކޮންމެ ރައްޔިތަކަށްވެސް ލިބޭ ހައްގެއް ކަމަށެވެ.
އެހެންނަމަވެސް ރައީސް ޔާމީންގެ އެ ހައްގަށް ސަރުކާރުން ހުރަސްއަޅަމުންދާކަމަށެވެ. އަދި ސަރުކާރުގެ ނުފޫޒު ވަރަށް ބޮޑަށް އެ މައްސަލައަށް ފޯރުވަމުންދާކަމަށް ޒޭން ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ