- Advertisement -ad image

ކެމްބޯޑިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވާތީ ބައެއް މަގުތަކާއި ފަޅުތައް ބަންދުކުރަން ނިންމައިފި

ad image

ގުޅުންހުރި ލިޔުންތައް


ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ދައުވަތަކަށް، އާދިއްތަ ދުވަހު ކެމްބޯޑިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވާތީ ބައެއް މަގުތަކާއި ފަޅުތައް ބަންދު ކުރަން ނިންމައިފިއެވެ.

މަގާ ފަޅު ބަންދުކުރާ ގަޑިތައް
15 ޖެނުއަރީ 2023 ވަނަ ދުވަހުގެ ހެނދުނު 9:00 އިން 11:00 އަށް
17 ޖެނުއަރީ 2023 ވަނަ ދުވަހު ހެނދުނު 7:30 އިން 8:30 އަށް

މިވަތުތަކުގައި އެމްއޭސީއެލް ސްޓާފް ބަސް އަދި އެމްޓީސީސީ ބަސް ހުއްޓާނީ ވެސްޓަރން ޕާކިން ސަރަހައްދަށެވެ.

އަދި އެމްއޭސީއެލް ފެރީ ގާތް ކުރާނީ ވެސްޓަރން ޕާކިން ސަރައްދުގެ ބަނދަރަށެވެ. އަދި މި ވަގުތުތަކުގައި ހުޅުލޭގެ ފަޅަށް ވަދެ ނުކުމެވޭނީ ދެކުނު ނެރުންނެވެ. އަދި މި ވަގުތުތަކުގައި އެއް ގަޑިއިރު ކުރިން ފެށިގެން ކާރގޯ ޓާރމިނަލާއި ދިމާލުގައިވާ ނެރުން ފެށިގެން ރަސްމީ ފާލަމާއި ދިމާލުގައިވާ ނެރާއި ހަމައަށްވާ ސަރަހައްދުގައި އެއްވެސް ބާވަތެއްގެ އުޅަނދެއް އަޅާފައި ނުބޭއްވުމަށް އެމްއޭސީއެލުންވަނީ އަންގާފައެވެ. 

އަދި މި ވަގުތުތަކުގައި އިންޓަރނޭޝަނަލް ޓަރމިނަލްގެ އުތުރު ކަންމަތިން ފެށިގެން ޑޮމެސްޓިކް ޓަރމިނަލްގެ އުތުރު ކަން މައްޗާއި ދެމެދު، މަގު ބަންދުވާނެ ކަމަށާއި، މި ވަގުތުތަކުގައި އެ ސަރަހައްދުން ހިނގުމުގައިވެސް ސެކިއުރިޓީ ބަލަހައްޓާ ފަރާތްތަކުގެ އިރުޝާދާއި އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް އެމްއޭސީއެލުންވަނީ އިލްތިމާސްކޮށްފައެވެ. 

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ