- Advertisement -ad image

ދާއިމީބަލިތަކަށް ބޭސްހޯދަން ފަސޭހަ ގޮތެއް އައިޖީއެމްއެޗުން ހަމަޖައްސައިފި

ad image

ގުޅުންހުރި ލިޔުންތައް

ދިގު މުއްދަތަށް ބޭނުންކުރަންޖެހޭ ބޭސްތައް ނަގަން ބޭސް ސިޓީ އައު ކުރަން ހާއްސަ ފޮއްޓެއް އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ބަހައްޓައިފިއެވެ.

އެކި ބަލިތަކަށް ދިގު މުއްދަތަކަށް ބޭސް ބޭނުން ކުރަމުން އަންނަ މީހުންގެ ބޭސް ސިޓީ މިހާތަނަށް އައު ކުރަމުން އަންނަނީ އެޕޮއިންޓްމަންޓް ހައްދައިގެން ޑޮކްޓަރަށް ދެއްކުމަށްފަހުއެވެ.

އައިޖީއެމްއެޗުން ހޮނިހިރު ދުވަހު ނިންމާފައިވަނީ ބޭސް ސިޓީ އައުކުރުމަށް މިހާރު ދިމާވަމުން އަންނަ ދަތިތަކަށް ފަސޭހަ އިންތިޒާމެއް ހަމަޖައްސައިދިނުމުގެ ގޮތުން އެކަމަށް ހާއްސަ ފޮއްޓެއް ބެހެއްޓުމަށެވެ. މި “ޑްރޮޕް ބޮކްސް” ހުންނާނީ އެ ހޮސްޕިޓަލްގެ އިންފޯމޭޝަން ކައުންޓަރުގައެވެ. އަދި މި ފޮއްޓަށް ވައްޓާލާ ބޭސް ސިޓީގައި ބަދަލުގައި ހައްދާ އައު ބޭސް ސިޓީ ޖެހިގެން އަންނަ ދުވަހު ލިބޭނެކަމަށްވެސް އެ ހޮސްޕިޓަލުން ހާމަކުރެއެވެ.


ރަސްމީ ބަންދު ދުވަސްތަކާއި ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން ހަވީރު 03:00 އަށް މި ފޮށި ހުންނާނެއެވެ. އަދި އައު ބޭސް ސިޓީއާއި ހަވާލުމަށް ބަލިމީހާއަށް ނުވަތަ އެހީތެރިޔާއަށް ޖެހިގެން އަންނަ ދުވަހު ގުޅާނެއެވެ. އައު ބޭސް ސިޓީ ދޫކުރާނީ ހެނދުނު 10:00 އިން ފެށިގެން މެންދުރުފަހު 02:00 ޖަހަންދެނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ