- Advertisement -ad image

މާލެ ސިޓީ ކައުންސިލްގެ ގުރުއާން އަދި މަދަހަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ޖެނުއަރީ 20ގައި ހަމަވަނީ

ad image

ގުޅުންހުރި ލިޔުންތައް

މާލެ ސިޓީ ކައުންސިލުން ރަމަޟާން މަހަށް ޚާއްސަކޮށްގެން ބާއްވާ ޤުރްއާން ކިޔެވުމުގެ މުބާރާތާއި މަދަޙަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ޖެނުއަރީ 20 ގައި ހަމަވާނެއެވެ.

މި ދެމުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މާލެ ސިޓީ ކައުންސިލުން ހުޅުވާލައިފައިވަނީ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުއެވެ.

ޤުރުއާން މުބާރާތް ބާއްވަނީ ” މާލޭ ސިޓީ ކައުންސިލް ޤުރުއާން މުބާރާތް 1444 ” މި ނަމުގައެވެ. އަދި މަދަޙަ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ” މާލޭ ސިޓީ ކައުންސިލް މަދަޙަ މުބާރާތް 1444 ” މި ނަމުގައެވެ.

މި މުބާރާތުގެ ރެކޯރޑިން ރަމަޟާން މަސް ފެށުމުގެ ކުރިން ނިންމަން ވަނީ ހަމަޖެހިފައެވެ. އެގޮތުން ޤުރްއާން މުބާރާތް ފަށަން ތާވަލް ކުރެވިފައިވާ ތާރީޚަކީ 10 ފެބްރުއަރީ 2023 ގައެވެ. މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު އަދި މި މުބާރާތާއި ބެހޭ އުސޫލުތަށް މާލޭ ސިޓީ ކައުންސިލުގެ ވެބްސައިޓުން ޑައުންލޯޑު ކުރެވެން ހުންނާނެއެވެ.

މި މުބާރާތުގައި ބައިވެރިވާން ފޯމު ހުށަހެޅުމަށް ހަމަޖެހިފައިވަނީ މާލެ ސިޓީ ކައުންސިލްގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށެވެ. އެ ގޮތުން https://qm1444.malecity.gov.mv/މި ލިންކުން ފޯމުފުރާލެއްވޭނެއެވެ.

މަދަޙަ މުބާރާތުގެ އުޞޫލު މި ލިންކުން https://www.gazette.gov.mv/iulaan/221452 ޑައުންލޯޑުކުރެވޭނެއެވެ. އަދި ޤުރުއާން މުބާރާތުގެ އުޞޫލު މި ލިންކުން https://www.gazette.gov.mv/iulaan/221453 ޑައުންލޯޑުކުރެވޭނެއެވެ.

މީގެ އިތުރަށް އިދާރާއަށް ވަޑައިގެން ފޯމު ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކަށް އިދާރާއިން ފޯމު ދޫކުރާނެއެވެ. މި ގޮތުން ފުރޭ ފޯމު މާލެ ސިޓީ ކައުންސިލްގެ ބިއުރޯ (އެމް.ޑަބްލިޔު.އެސް.ސީ ކަސްޓަމަރ ސަރވިސްގެ 3 ވަނަ ފަންގިފިލާ) އިން ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރު އަނބުރާ 2:00 އަށް ބަލައިގަންނާނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ