- Advertisement -ad image

ސްރީލަންކާގައި މިވަގުތު ތިބި ދިވެހިން ސަމާލުވުމަށް އެދިއްޖެ

ad image

ގުޅުންހުރި ލިޔުންތައް

އަވަށްޓެރި ސްރީލަންކާގައި މިހާރު ސިލްސިލާ ގޮތެއްގައި ކުރަމުންދާ މުޒާހަރާތަކާއި ގުޅިގެން، އެގައުމުގައި ދިރިއުޅެމުންދާ ދިވެހިން ސަމާލުވުމަށް ލަންކާގައި ހުންނަ ދިވެހި އެމްބަސީން އަންގައިފިއެވެ. އެމްބަސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިފަދަ ބައެއް އެއްވުންތަކުގައި ހަމަނުޖެހުންތަައް ހިނގާ މީޙުންނަށް އަނިޔާވަމުންދާ ކަންވެސް ފާހަގަވެފައިވާ ކަމަށެވެ.

އެހެންކަމުން މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެމްބަސީގެ ބަޔާނުގައި އެދިފައިވެއެވެ. އަދި ބޭރަށް ނުކުމެއުޅޭއިރުވެސް ޕާސްޕޯޓްހިފައިގެން އުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ. ސްރީލަންކާގައި މިހާރު ސިލްސިލާ މުޒާހަރާތައް ކުރަމުންދަނީ ތެޔޮ އަގުބޮޑު ކުރުމާ ގުޅިގެންނެވެ.

ލަންކާގައި މިވަގުތު އޮތް ސަރުކާރާއި މެދު ހިތްހަމަ ނުޖެހިގެން އެގައުމުގައި ވަނީ ބޮޑެތި ހަމަނުޖެހުންތައްވެސް ހިންގައިފައެވެ. ލަންކާ އަކީ ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުން އަންނަ ގައުމެކެވެ. ކިޔެވުމަށާއި ވިޔަފާރިއަށް ލަންކާއަށް ދަތުރުކުރާ ދިވެހިން ވަރަށް ގިނައެވެ.

ލަންކާ ސަރުކާރުން މިހާރު ވަނީ ފައިނޭންޝިއަލް ސަޕޯޓް ހޯދުމަށް އައިއެމްއެފްގައިވެސް އެދިފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ