- Advertisement -ad image

އަނެއްކާވެސް މޭޔަރު މުއިއްޒުގެ ނަމުގައި މެސެޖްތަކެއް ފޮނުވާތީ ސަމާލުވުމަށް އެދިއްޖެ

ad image

ގުޅުންހުރި ލިޔުންތައް

މާލެ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒުގެ ނަމުގައި އަނެއްކާވެސް އެކި ފަރާތްތަކަށް މެސެޖްތަކެއް ކުރަމުންދާތީ ސަމާލުވުމަށް މޭޔަރު މުޢިއްޒު އެދިވަޑައިގަންނަވައިފިއެވެ.

މި ކަންބޮޑުވުން މީޑިއާތަކުގެ ސަމާލުކަމަށް ގެންނަވަމުން މޭޔަރު ވިދާޅުވީ މޭޔަރުގެ އަމިއްލަ ފޯނު ނަމްބަރު ބޭނުންކޮށްގެން އެސްއެމްއެސް އަދި ވައިބަރ މެސެޖްތައް އެކި ފަރާތްތަކަށް ފޮނުވަމުންދާކަމަށެވެ.

މި ފަހަކަށް އައިސް މޭޔަރުގެ ނަމުގައި މިގޮތަށް މެސެޖްތަޖެއް ދައުރުވާތީ މޭޔަރު ވަނީ މީގެ ކުރިންވެސް މިކަން ސަމާލުކަމަށް ގެންނަވާފައެވެ. އެގޮތުން މިދިޔަ ޑިސެމްބަރު މަހުވެސް މިފަދަ އަސްލެއް ނެތް މެސެޖުތަކެއް ރާއްޖޭގެ އެކިއެކި ނޫސްވެރިންނަށް ފޮނުވަމުން ދިޔަ ކަމުގެ މައުލޫމާތު ލިބިފައިވާތީ މޭޔަރު ވަނީ މިކަމަށް ނޫސްވެރިންވެސް ސަމާލުވުމަށް އެދިވަޑައިގަންނަވާފައެވެ.

މޭޔަރު މިއަދު ވިދާޅުވީ އަނެއްކާވެސް އާދިއްތަ ދުވަހު މިފަދަ މެސެޖްތަކެއް ދައުރުވަމުންދާ ކަން ސަމާލުކަމަށް އައިސްފައިވާކަމަށެވެ. އަދި މިފަދަ ކަންކަމަށް ސަމާލު ވުމަށާއި އެފަދަ މެސެޖެއް ލިބިއްޖެ ފަރާތެއްނަމަ މޭޔަރު މުޢިއްޒު އަރިހުން ލަސްނުކޮށް އެކަމުގެ ހަގީގަތް އެއްސެވުމަށްވެސް މޭޔަރު މުޢިއްޒު ވަނީ އެދިވަޑައިގަންނަވާފައެވެ.

ފަހަކަށް އައިސް މިފަދަ އަސްލެއް ނެތް މެސެޖްތައް އެކި ފަރާތްތަކުގެ ނަންނަމުގައި ދައުރުން ކުރުން ރާއްޖޭގައި އަންނަނީ އިތުރު ވަމުންކަން ފާހަގަ ކޮށްލެވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ